މިއީ އެންމެ ހޫނު ދުވަސްވަރު ކަމަށާއި ނަމަވެސް ހޫނުމިން އަދިވެސް މަތިވުމުގެ ފުރުސަތު އެބައޮތް ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ހާމަކޮށްފިއެވެ.
އެ އޮފީހުން މިއަދު ބުނީ، މާޗް އަދި އޭޕްރީލް މަހަކީ އަހަރުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދަށް ހޫނުމިން އެންމެ މައްޗަށްދާ ދުވަސްވަރު ކަމަށެވެ. އަދި ވިލާ މަދުވުމާއި ވައި މަޑުވުމުގެ އިތުރުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ވައިގެ ހޫނުމިނަށްވުރެ އިހުސާސް ކުރެވޭ ހޫނުމިން މަތިވާ ކަަމަށް އެ އޮފީހުން ބުނެފައިވެއެވެ.
އޭގެ އިތުރުން މި އަހަރަކީވެސް އެލްނީނޯ އަހަރެއްކަމުން ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު އޮތްކަން ދުނިޔޭގެ މޫސުމާބެހޭ ޖަމިއްޔާއިން ލަފާކުރާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
"ދުވަހުގެ ހޫނުމިން އާއްމުގޮތެއްގައި އެންމެ މައްޗަށް ދާނީ މެންދުރުފަހު 14:00 ހާއިރު" މެޓުން ބުންޏެވެ.
އެހެންކަމުން މެޓް އޮފީހުގެ އާއްމު ވައިބާ ގްރޫޕްގައި ކޮންމެ ދުވަހަކު 11:00 އާއި 14:00 އަދި 17:00 ގައި ރާއްޖޭގެ މޫސުމާބެހޭ 5 އޮފީހުން ނަގާ ވައިގެ ފިނިހޫނުމިނާއި އިހުސާސްކުރެވޭ ފިނިހޫނުމިން އާއްމު ކުރުމަށް އެ އޮފީހުން ވަނީ ނިންމާފައެވެ.

Did you know today’s feel like temp in central area exceeded 42°C? We are going through the warmest period now.
— Maldives Meteorology (@MetMaldives) March 11, 2024
For weather updates including air/feel-like temperature across the country, join the MMS community Viber group: Join Maldives Weather on Viber https://t.co/O7p7aV7QFc pic.twitter.com/6J9Jrs33po
އެހެންކަމުން މެޓް އޮފީހުގެ އާއްމު ވައިބާ ގްރޫޕްގައި ކޮންމެ ދުވަހަކު 11:00 އާއި 14:00 އަދި 17:00 ގައި ރާއްޖޭގެ މޫސުމާބެހޭ 5 އޮފީހުން ނަގާ ވައިގެ ފިނިހޫނުމިނާއި އިހުސާސްކުރެވޭ ފިނިހޫނުމިން އާއްމު ކުރުމަށް އެ އޮފީހުން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ހިޔާލު