ރެޑްބުލް ފޯ ޓޫ ސްކޯ ރާއްޖޭގެ މުބާރާތް، 200 އަށްވުރެ ގިނަ ޓީމާއި 1000 އަށް ވުރެ ގިނަ ކުޅުންތެރިންނާއެކު ފަަށައިފިއެވެ.

މި މިއަހަރުގެ މުބާރާތުގައި ކޮލިފައިން 16 މެޗެއް ރާއްޖޭގައި ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ކޮލިފައިން މެޗްތަކުން އެންމެ ކުރި ހޯދާ ޓީމު ވާދަކުރަނީ 22 މާރޗް 2024 ގައި ހުޅުމާލެ ޔޫތު ޕާކުގައި ބާއްވާ ޤައުމީ ފައިނަލްގައެވެ.

މި މުބާރާތުން ޗެމްޕިއަންކަން ހޯދާ ޓީމަށް ޖަރުމަނުގެ އާރްބީ ލައިޕްޒިގްގައި އޮންނަ ދުނިޔޭގެ ވާދައިގެ ދަށްޓަށް ކުޅޭ މުބާރާތުގައި ރާއްޖެ ތަމްސީލު ކުރަން ފުރުސަތު ލިބިގެން ދާނެއެވެ.

200 ޓީމާއެކު ރާއްޖޭގައި ފެށި މިމުބާރާތުގެ އައިލެންޑް ކޮލިފައިންގައި 9 ޓީމެއް މޮޅުވެ ޤައުމީ ފައިނަލަށް މިހާރު ވަނީ ދަތުރުކޮށްފައެވެ. މީގެ ތެރޭގައި؛ ކުޅުދުއްފުށި ސިޓީ އިން ޓީމް ޒިކްޒެކް، ހދ. ހަނިމާދޫ އިން ޓީމް އަޅި ބްރޯސް، ތިނަދޫ އިން ޓީމް ރެމްޕޭޖް، ލާމު ގަމުން ޓީމް އިގްބާލް، ބ. ގޮއިދޫ އިން ކައްކަނި ޖޫނިއާސް، އަދި ފުވައްމުލައް ސިޓީ އިން އެތަން މިތަން ޓީމް ހިމެނެއެވެ. މީގެއިތުރުން އައްޑޫ ސިޓީ އިން ކްލަބް ލޮތާރި، ކ. މާފުށިން ޓީމް ބިއަންކޯ އެފްސީ، އަދި ވަން އެންޑް އޮންލީ ރީތިރަށުން ކިންގްސް އޮފް ރޯޑްސް ވެސް ވަނީ އައިލެންޑް ކޮލިފައިން މެޗުތައް ކާމިޔާބުކޮށް ޤައުމީ ފައިނަލަށް ދަތުރުކޮށްފައެވެ.

އައިލެންޑް ކޮލިފައިންގެ މެޗުތަކަށްފަހު ރެޑްބުލް ފޯ 2 ސްކޯރ 2024 މުބާރާތުގައި ދެން ކުރިއަށް ދާނީ މާލެ ސިޓީ ކޮލިފައިންގެ މެޗުތަކެވެ. މި ކޮލިފައިން މެޗު ތައް ކުރިއަށްދާނީ މަރޗް މަހުގެ 14 ވަނަ ދުވަހުން ފެށިގެން 20 މާރޗް 2024 އަށް ހުޅުމާލެ ޒުވާނުންގެ ޕާކުގައެވެ.

ދުނިޔޭގެ 25 ގައުމަކުން ރެޑްބުލް ފޯ 2 ސްކޯ މުބާރަތަކީ ޒުވާން ކުޅުންތެރިންނަށް އެމީހުންގެ ހުނަރު ދައްކާލުމަށް ފުރުސަތު ދިނުމަށް ކުރިއަށްދާ މުބާރާތެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން