އަހުމަދު ޔާމިން   13 މާރިޗު 2024 - 9:56
ޤުރްއާން ހިތުދަސް ކުރުމުގައި "ސީރިއަސް" ނަމަ މިހާރު ދަސްވެފައި ހުރި ހުރިހާ ބައެއް ކޮންމެ ހަފުތާއަކު އެއްފަހަރު ކިޔަން ވާނެއެވެ.

7 ދުވަސް ނޫނީ 10 ދުވަހަށް ވުރެ ގިނަ ދުވަސް ވަންދެން ދަސްކުރި ބައި ނުކިޔަވާ ދޫކޮށް ލުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. އެއީ ކިތައްމެ ބޮޑުބައެއް ނުވަތަ ކުޑަ ބައެއް ދަސްވެފައި ވީ ނަމަވެސް މެއެވެ.

ތަބާރަ ފޮތް ދަސްވެފައިވާނަމަ ކޮންމެ ހަފުތާއަކު، ހަމަ އެންެމެ ހަފްތާއެއް ވެސް ވައްޓާނުލައި އެ ފޮތް މުރާޖާ ކުރަން ވާނެއެވެ.

ހިފްޒު ބޮޑަށް ވަރުގަދަ ވާނީ ނުބަލައި މުރާޖާ ކުރާ ވަރަށެވެ. މިގޮތަށް ކަންތައް ނުކުރާނަމަ، ދަސްކުރާ ހުރިހާ ބައެއް ދާނީ ދުވަހުން ދުވަހަކަށް ބަލިކަށިވެ ހަނދާން ނެތެމުންނެވެ.

ދަސްކުރިބައި ހަނދާނުގައި ބެހެއްޓުން، އާ ބައެއް ދަސްކުރުމަށް ވުރެ މާ އައުލާކަން ބޮޑެވެ. ކުރިން ދަސްކުރި ބައި ވަރުގަދަ ނުވާ ކަމުގައި ވާނަމަ އަނެއްކާ އޮންނާނީ އެ ބައި ދަސްކުރަން ޖެހިފައެވެ. މިގޮތަށް ގޮސް ދުވަހަކު ވެސް ދަސްވާ ތަނެއް ނުފެންނާނެއެވެ.

ހާފިޒަކު ބުނާތީ އަޑު އެހީމެވެ. "10 ދުވަހުން ޚަތިމް ނުކުރާ މީހަކީ ހާފިޒެއް ނޫނެވެ".

-ޝިރުހާން ޢަލީގެ ލިޔުއްވުމަކުން ނަކަލު ކޮށްފައި-


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން