އަހުމަދު ޔާމިން   14 މާރިޗު 2024 - 10:50
ވަރަށް ގިނަ ޢިލްމުވެރިން ވިދާޅުވާތީ އަޑު އެހީމެވެ.

"النية تجارة العلماء"

"ނިޔަތަކީ ޢިލްމުވެރިންގެ ވިޔަފާރިއެވެ."

މިބަސްކޮޅުގެ މާނަައަކީ މަދު ފައިސާ ކޮޅެއް ހިފައިގެން ގޮސް ގިނަ އެއްޗެހި ގަންނަ ފަދައިން، މަދު ޢަމަލުތަކަކުން ގިނަ ސަވާބާއި އަޖުރު ހޯދުމެވެ.



އެގޮތުން ޢިލްމުވެރިން އެބޭކަލުންގެ އާދަތައް އަޅުކަންތަކަށް ބަދަލު ކޮށްލަނީ ނިޔަތުންނެވެ.

އެބޭކަލުން ކައިބޮއެ އުޅުއްވަނީ އަޅުކަން ކުރުމަށްޓަކައި ހަށިގަނޑަށް ބާރު ދިނުމުގެ ނިޔަތުގައެވެ. ނިދާ އަރާމު ކުރައްވަނީ އަޅުކަން ކުރުމަށްޓަކައި ހަށިގަނޑަށް ބޭނުންވާ ހަކަތަ ދިނުމުގެ ނިޔަތުގައެވެ.

އަނބިދަރިންނަށް ޚަރަދު ކުރަށްވަނީ މާތް ﷲ ގެ އަމުރުފުޅަށް ތަބާވުމުގެ ނިޔަތުގައެވެ.

ޢާއިލާގެ މީހުންނަށް ޒިޔާރަތް ކޮށް އެހީތެރިވެލައްވަނީ ރަޙިމުގެ ގުޅުން ދަމަހައްޓާ، ގުޅުން ބަދަހިކޮށް އެމީހުނަށް އުފާވެރިކަން ގެނެސް ދިނުމުގެ ނިޔަތުގައެވެ.

ވަޒީފާއަށް ނުވަތަ މަސައްކަތަށް ނިކުންނަވަނީ އެ ވާޖިބު އަދާކުރުމާއި، މީސްތަކުންގެ ޙާޖަތްތައް ފުއްދާ ދިނުމާއި އެހީތެރިވުމާއި ހިނިތުންވުމުގެ އަޖުރު ހޯދުމުގެ ނިޔަތުގައެވެ.

އެހެންކަމުން ޢިލްމުވެރިންގެ މި ވިޔަފާރި ކުރަން އަޅުގަނޑުމެން ދަސްކުރަން ވެއްޖެވެ!

-ޝިރުހާން ޢަލީގެ ލިޔުއްވުމަކުން ނަކަލު ކޮށްފައި-


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން