މައްސަލާގައި ދަޢުވާ އުފުލާފައިވާ ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާން
މައްސަލާގައި ދަޢުވާ އުފުލާފައިވާ ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާން
ރަޙުމްކުޑަކޮށް މަރާލާފައި އޮއްވާ ހުޅުމާލެއިން ފެނުނު 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލައިގެ ދައުވާ އުފުލާފައިވާ 17 އަހަރުގެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ޖުވެނައިލް ކޯޓުން ކަނޑައަޅައިފިއެވެ.

ކުޑަ ފިރިހެންކުއްޖަކު މަރާލުމަށްފަހު، ފޮއްޓަކަށްލައި އެއްލާލައިފައިއޮއްވާ ފެނުނީ ހުޅުމާލޭ ދެވަނަ ފޭސްގެ މޫދުންނެވެ. ރަހީނުކޮށް މަރައިލުމަށްފަހު ހުޅުމާލޭ މޫދަށް އެއްލާލާފައި އޮއްވާ އެކުއްޖާ ފެނިފައިވަނީ 22 ޖޫން 2021 ދުވަހުގެރޭ މެންދަމު 2:38 އެހާކަންހާއިރުއެވެ.

މިމައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރީ ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާނު (27އ) އާއި 17 އަހަރުގެ ކުއްޖެކެވެ.

އެގޮތުން 17 އަހަރުގެ ކުއްޖާގެ މައްޗަށް ތިން ދައުވާއެއް ދަޢުލަތުން ކޮށްފައިވެއެވެ. އެއީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި، ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގެ ދައުވާ ގެ އިތުރުން މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާއެވެ.

މައްސަލައިގައި ހިމެނޭ 17 އަހަރުގެ ކުއްޖާގެ ބައި ސިއްރު އަޑުއެހުންތަކެއްގެ ގޮތުގައި ޖުވެނައިލް ކޯޓުން ކުރިއަށް ގެންގޮސްފައިވާއިރު އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ޙުކުމް ކުރެއްވީ ޖުވެނައިލް ކޯޓުގެ ޤާޟީ މަރްޔަމް ތާއިފާއެވެ. 17 އަހަރުގެ ކުއްޖާ މިވަގުތު ގޭ ބަންދުގައި ހުރިއިރު މި މައްސަލައިގައި ދެން އޮތީ އޭނާގެ މައްޗަށް އަދަބު ކަނޑައެޅުމެވެ.

ކުޑަކުއްޖާ މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާންގެ މައްޗަށް ކޮށްފައިވާ ތޭރަ ދައުވާގައި މިހާރު ކުރިއަށްދަނީ ހެކިބަސް ނެގުމުގެ މަރުޙަލާއެވެ. މި މައްސަލައަކީ ކުޑަކުއްޖަކު ހިމެނޭ މައްސަލައަކަށް ވާތީ މައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންދަނީ ސިއްރުންނެވެ. އަދި އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ ނިންމާފައެވެ.

ޒީހާންގެ މައްޗަށް 7 ބާވަތެއްގެ 13 ދައުވާއެއް ދަޢުލަތުން ވަނީ އުފުލާފައެވެ. އެއީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ފަސް ދައުވާ އަކާއި، ކުުޑަކުއްޖަކަށް މަސްތުވާ އެއްޗެއް ދީގެން އެ ކުއްޖާއާއެކު ޖިންސީ ގުޅުން ހިންގުމުގެ ދައުވާ އާއި، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށްޓަކައި ކުއްޖާ ގްރޫމްކުރުމުގެ ދައުވާ އާއި، ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ދައުވާ އާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ އާއި، ޖިނާއީ ކުށެއްކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ ދައުވާ އެވެ.

މިދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާއަށް 100 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އައުން އެކަށީގެންވާކަމަށް ޕީޖީ އޮފީހުން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


3

ގޮއްޔެ

23-Mar-2024

2021 ގަ 17އަހަރު މިހާރު ހުންނާނީ ބޮޑު މީހަކަށް ވެފައެއްނު



ޓްރެންޑިން