ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިހާބު މަޑުޖައްސާލަން ދުނިޔޭގެ މައި ފުޓުބޯޅާ އިދާރާ، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އެސޯސިއޭޝަން އޮތް ފުޓްބޯލް (ފީފާ) އިން އަންގައިފި އެވެ.
އެފްއޭމްގެ ރައީސް ކަމަށް ބޭފުޅަކު ހޮވާ އެ އިންތިހާބު ބާއްވަން ތާވަލުކޮށްފައި އޮތީ އަންނަ މަހުގެ 20 ވަނަ ދުވަހަށެވެ.
އެހެން ނަމަވެސް ފީފާއާއި އޭޝިއާގެ ފުޓްބޯޅަ އިދާރާ (އޭއެފްސީ) އަށް ހުށަހަޅާފައިވާ ޝަކުވާތަކަކާ ގުޅިގެން އެ އިންތިހާބު ބޭއްވުން މި ވަގުތަށް މަޑު ޖައްސާލަަން ފީފާއިން ވަނީ އަންގައިފަ އެވެ.
ނަމަވެސް އެއީ ކޮން ޝަކުވާ ތަކެއް ކަމެއް ފީފާއިން ހާމައެއް ނުކުރެ އެވެ.
އެފްއޭއެމްގެ ރައީސް ކަމަަށް ކުރިމަތިލައްވާފައިވަނީ އެ އެސޯސިއޭޝަންގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ކުރިން އެ އެސޯސިއޭޝަންގެ ރައީސްކަން ކުރެއްވި އަހުމަދު ތޯރިގު (ޓޮމް) އެވެ.
އެފްއޭއެމްގެ އިންތިޚާބު ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު އެފްއޭއެމްގެ ކޮރަޕްޝަންގެ މައްސަލަތަކެއް ފީފާ އާއި އޭއެފްސީ އާއި ފުލުހުންވެސް ދަނީ ބަލަމުންކަމަށް މަޢުލޫމާތު ލިބެއެވެ.
އޭގެތެރެއިން އެއް މައްސަލައިގައި ބައްސާމްގެ މައްޗަށް ވަނީ މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާ އުފުލައިފަ އެވެ. އަދި އޭނާގެ ޕާސްޕޯޓުވެސް މިހާރުވަނީ ހިފަހައްޓާފައެވެ.

ކިޔުންތެރިންގެ ހިޔާލު