ސިއްޙީ ޙާލަތު ތަންނުދޭތީ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އިމާމްވެ ތަރާވީސް ކުރުން މެދުކަނޑާލަށްވައިފިއެވެ.
ޝަހީމް މިއަދު މީސްމީޑީއާގައި ޙިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ ގިނައިރު ކޮޅަށް ހުރުމަށް ދަތިވާ ސިއްޙީ ސަބަބެއް އެމަނިކުފާނަށް މެދުވެރިވެފައިވާ ކަމަށެވެ. އެހެންކަމުން ޑޮކްޓަރުންގެ އިރުޝާދާއެކު މިރެއިން ފެށިގެން އިމާމުވެ ތަރާވީސް ކުރުން މެދުކަނޑާލައްވާ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ކުރިމަތިވެފައިވާ ސިއްޙީ ޙާލަތުން އަރައިގަތުމަށްޓަކައި އަވަސް ސާޖަރީއެއް ހެއްދެވުމަށް ނިންމަވާފައިވާ ކަމަށެވެ.
"އަވަސް ސާޖަރީއަކަށްދާތީވެ އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންގެ ހެޔޮ ދުޢާއަށް އެދެން." މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.
ޝަހީމް އިތުރަށް ވިދާޅުވީ ފަރުވާގެ ކަންކަން ފުރިހަމަވުމުން އަލުން އިމާމުކަން ކުރަން އުންމީދު ކުރައްވާ ކަމަށެވެ. އަދި އިމާމުކަމަކީ ކުޑައިރުން ފެށިގެން ވަރަށް ލޯތްބާއި، ޝައުޤުވެރިކަމާއެކު ކުރާކަމެއް ކަމަށް ޝަހީމު ވިދާޅުވިއެވެ.
މި ރޯދަ މަހު ޑރ. ޝަހީމް އިމާމުވެ ތަރާވީސް ނަމާދު ކުރައްވަމުން ގެންދަވަނީ ހުޅުމާލޭ ރަޝީދު މިސްކިތުގައެވެ.

ކިޔުންތެރިންގެ ހިޔާލު