ރެޑްބުލް ފޯ ޓޫ ސްކޯ ރާއްޖޭގެ މުބާރާތް ޓީއެފްޓީއިން ކާމިޔާބު ކޮށްފިއެވެ.

ޓީއެފްޓީއިން މުބާރާތް ކާމިޔާބު ކޮށްފައި ވަނީ ފައިނަލުގައި ބަޖި ޔާ ޓީމާ ވާދަކޮށް، އެ ޓީމުގެ ކޮޅަށް ހަތް ގޯލު ޖަހައިގެންނެވެ. ކޮލިފައިން މެޗްތަކުން އެންމެ ކުރި ހޯދި މި ދެ ޓީމު ފައިނަލް ކުޅެފައި ވަނީ ހުކުރު ދުވަހު ހުޅުމާލެ ޔޫތު ޕާކުގައެވެ.

ޖުމުލަ 243 ޓީމާއި 1000 އަށް ވުރެ ގިނަ ކުޅުންތެރިންނާއެކު ކުރިއަށް ދިޔަ މި މުބާރާތުގައި ރާއްޖޭގެ ޗެމްޕިއަންކަން ހޯދި ޓީއެފްޓީއިން ޖަރުމަނުގެ އާރްބީ ލައިޕްޒިގްގައި އޮންނަ ދުނިޔޭގެ ވާދައިގެ ދަށްޓަށް ކުޅޭ މުބާރާތުގައި ރާއްޖެ ތަމްސީލު ކުރާނެއެވެ،

މިއަހަރުގެ މުބާރާތުގައި ކޮލިފައިން 16 މެޗެއް ރާއްޖޭގައި ކުޅެފައިވެއެވެ.

ރާއްޖޭގައި ފެށި މިމުބާރާތުގެ އައިލެންޑް ކޮލިފައިންގައި 9 ޓީމެއް މޮޅުވެ ޤައުމީ ފައިނަލަށް ދަތުރު ކުރިއެވެ. މީގެ ތެރޭގައި؛ ކުޅުދުއްފުށި ސިޓީ އިން ޓީމް ޒިކްޒެކް، ހދ. ހަނިމާދޫ އިން ޓީމް އަޅި ބްރޯސް، ތިނަދޫ އިން ޓީމް ރެމްޕޭޖް، ލާމު ގަމުން ޓީމް އިގްބާލް، ބ. ގޮއިދޫ އިން ކައްކަނި ޖޫނިއާސް، އަދި ފުވައްމުލައް ސިޓީ އިން އެތަން މިތަން ޓީމް ހިމެނެއެވެ. މީގެއިތުރުން އައްޑޫ ސިޓީ އިން ކްލަބް ލޮތާރި، ކ. މާފުށިން ޓީމް ބިއަންކޯ އެފްސީ، އަދި ވަން އެންޑް އޮންލީ ރީތިރަށުން ކިންގްސް އޮފް ރޯޑްސް ވެސް އައިލެންޑް ކޮލިފައިން މެޗުތައް ކާމިޔާބުކޮށް ޤައުމީ ފައިނަލަށް ދަތުރު ކުރިއެވެ.

މާލެ ސިޓީ ކޮލިފައިންގެ މެޗުތަކެއް ކުޅެފައި ވަނީ މަރޗް މަހުގެ 14 ވަނަ ދުވަހުން ފެށިގެން 20ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ޒުވާނުންގެ ޕާކުގައެވެ.

މާލެ ސިޓީ ކޮލިފައިންގައި 7 ޓީމެއް މޮޅުވެ ޤައުމީ ފައިނަލަށް ދަތުރު ކުރިއެވެ. އޭގެ ތެރޭގައި ހިމެނުނީ ފަސްގަނޑު އެސްސީ، ކްލަބް ޕީކޭ، ބަޖި ޔާ، އާޖެންޓީނާ، ޓީއެފްޓީ، މަސްއޮޑި ޓައިޓަންސް އަދި އައްޔަނި އެވެ.

ދުނިޔޭގެ 25 ގައުމަކުން ބައިވެރިވާ ރެޑްބުލް ފޯ 2 ސްކޯ މުބާރަތަކީ ޒުވާން ކުޅުންތެރިންނަށް އެމީހުންގެ ހުނަރު ދައްކާލުމަށް ފުރުސަތު ދިނުމަށް ކުރިއަށްދާ މުބާރާތެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން