ފާތިމަތު ނަޒީފާ އަޙްމަދު   1 އޭޕްރީލު 2024 - 10:12
އެމްޓީސީސީން މާލެ ސަރަަހައްދުގައި ދެމުން ގެންދާ ބަހުގެ ޚިދުމަތުގެ ތެރެއިން ވިލިމާލޭ ބަހުގެ ހިދުމަތަށް އާ ރޫޓެއް އިތުރު ކޮށްފިއެވެ.

އެމްޓީސީސީން ބުނީ، ވިލިމާލޭ އާރްޓީއެލް ހިދުމަތަށް އިތުރު ކުރެވުނު އާ ބަސް ރޫޓް ކަމުގައިވާ އާރް14 އަކީ، މިހާރު އޮތް އާރް13 ރޫޓަށް އެކްސްޓެންޝަނެއްގެ ގޮތުގައި އިތުރު ކުރެވުނު ރޫޓެއް ކަމަށެވެ.

ވިލިމާލޭ ބަހުގެ ހިދުމަތަށް ދައްކަން ޖެހެނީ ފަސް ރުފިޔާއެވެ. އަދި މި ހިދުމަތް ބޭނުން ކުރާ 65 އަހަރުން މަތީގެ މީހުންނާއި ތިން އަހަރުން ދަށުގެ ކުޑަކުދިން އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އިތުރުން ސްކޫލު/ޔުނިވަސިޓީގެ ދަރިވަރުންނަށް ހިލޭ ބަސް ދަތުރު ކުރެވޭނެއެވެ.

އެކަމާ ގުޅިގެން އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން، އެ ކުންފުނީގެ ހޮޓްލައިން 1650ށް ގުޅައި މައުލޫމާތު ސާފު ކުރުމަށް އެމްޓީސީސީން އެދިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން