އިހުސާސް ކުރެވޭ ހޫނުމިން މަތިވެ، މިއަދު 46 ޑިގްރީސެލްސިއަސްއަށް އަރައިފި ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.
މެޓް އޮފީހުން މިއަދު 11:00ގައި އާއްމުކުރި މައުލޫމާތަށް ބަލާއިރު، ހުޅުލެއަށް މިއަދު ވަނީ އިހުސާސް ކުރެވޭ ހޫނުމިން 46.3 ޑިގްރީއަށް އަރާފައެވެ.
ހަނިމާދޫއަށް މިއަދު އިހުސާސް ކުރެވޭ ހޫނުމިން 39.3 ޑިގްރީގައި ހުރި އިރު، ކައްދޫގައި ހުރީ 41.9 ޑިގްރީގައެވެ. އަދި ކާޑެއްދޫގައި އިޙްސާސްކުރެވޭ ހޫނުމިން 43.6 ޑިގްރީގައި ހުރިއިރު، ގަމަށް ހޫނުމިން އިހުސާސުވަނީ 40.8 ޑިގްރީގައެވެ.
އެންމެ ގިނަ ވަގުތު ހޫނު ގަދައީ މެދުރާއްޖެ ތެރެއަށް ކަމަށް މެޓްގެ ހޯދުންތަކުން ދައްކައެވެ.
ރާއްޖެއަށް މިއީ އެންމެ ހޫނު ދުވަސްވަރު ކަމަށާއި އަދިވެސް ހޫނުމިން މަތިވުމުގެ ފުރުސަތު އެބައޮތް ކަމަށް މެޓުން ވަނީ ހާމަކޮށްފައެވެ. މެޓް އޮފީހުން މިއަދު ބުނީ، މާޗް އަދި އޭޕްރީލް މަހަކީ އަހަރުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދަށް ހޫނުމިން އެންމެ މައްޗަށްދާ ދުވަސްވަރު ކަމަށެވެ.
އަދި ވިލާ މަދުވުމާއި ވައި މަޑުވުމުގެ އިތުރުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ވައިގެ ހޫނުމިނަށްވުރެ އިހުސާސް ކުރެވޭ ހޫނުމިން މަތިވާ ކަަމަށް އެ އޮފީހުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު