ހެދުނާއި ހަވީރުގެ ޛިކުރުތައް ކިޔުން ފެށޭ ވަޤުތަކީ ކޮބައި ކަމާއި މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފް އުފެދިފައިވެއެވެ.

އެގޮތުން ހެދުނުގެ ޛިކުރުތައް ކިޔުން ފެށޭ ވަގުތުގެ މައްސަލައިގައި ގިނަ ޢިލްމުވެރިންގެ ޤައުލަކީ ހެދުނުގެ ޛިކުރުތައް ކިޔުން ފެށޭ ވަޤުތަކީ ފަޖުރުއްޞާދިޤުގެ ވަޤުތު ވަނުމާއެކު ކަމަށެވެ. އަދި ބައެއް ޢިލްމުވެރިން ހެދުނުގެ ޛިކުރު ފެށޭ ވަޤުތަކީ ރޭގަނޑު ދެބައިވުމުން ކަމުގައިވެސް ވިދާޅުވެފައިވެ އެވެ. މި މައްސަލައިގައި ޞައްޙަވެގެންވާ ބަސްފުޅަކީ ހެނދުނުގެ ޛިކުރުތައް ފެށޭ ވަޤުތަކީ ފަތިސް ވަޤުތު ވުމާއި އެކުގައިކަމެވެ.

ހެނދުނުގެ ޛިކުރުތައް ކިޔުން ނިމޭ ވަޤުތާމެދު ބައެއް ޢިލްމުވެރިންގެ ޤައުލަކީ، އިރު އެރުމާއި އެކުގައި ކަމަށެވެ. މިފަދައިން شيخ الإسلام ابن تيمية އާއި، ابن القيم ވިދާޅުވެފައިވެއެވެ. އަދި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ ހެނދުނުގެ ޛިކުރުތައް ނިމޭ ވަޤުތަކީ ޟުޙާ ވަޤުތު ނިމުމާ އެކުގައި ކަމަށެވެ.

އެހެނަސް އެންމެ އެދެވިގެންވާ ވަޤުތަކީ އިރު އެރުމާ ދެމެދުގައި އެ ޛިކުރުތައް ކިޔުމެވެ. އަދި އެދުވަހުގެ އިރު އޮއްސުމުގެ ކުރިން ކަމުގައިވެސް ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ.

ހަވީރުގެ ޛިކުރުތައް ފެށޭ ވަގުތާމެދު ބައެއް ޢިލްމުވެރިން ވިދާޅުވަނީ އެއީ މެންދުރު ނަމާދުގެ ވަޤުތު ވަނުމުން ފަށައިގެންގޮސް އިރު އޮއްސުމާ ހަމައަށް ކަމަށެވެ. މިފަދައިން ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ ނަންބަރު فتاوى اللجنة الدائمة 24/178 ގައި ޛިކުރުކޮށްފައިވެއެވެ.

އަދި شيخ الإسلام ابن تيمية އަދި ابن القيم ގެ ޤައުލަކީ ހަވީރުގެ ޛިކުރުތައް ފެށޭ ވަޤުތަކީ ޢަޞްރު ނަމާދު ވަޤުތުން ފެށިގެން އިރުއޮއްސުމާ ހަމައަށް ކަމަށެވެ. އަދި ބައެއް ޢިލްމުވެރިން އެވަގުތަކީ އިރު އޮއްސުމުގެ ވަޤުތުން ފެށިގެން ފަތިސް ވަނުމާ ހަމައަށް ކަމުގައިވެސް ބުނެއެވެ.

މަސްދަރު: އަބޫއަނަސް


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން