ހުކުރު ދުވަހު سورة الكهف ކިޔެވުމަކީ އެދުވަހަށް ޚާއްޞަ ވެގެންވާ ސުންނަތް ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ނަބިއްޔާ صلى الله عليه وسلم ހަދީޘް ކުރެއްވި އެވެ.
من قرأ سورة الكهف ليلة الجمعة أضاء له من النور فيما بينه وبين البيت العتيق – މި ޙަދީޘް صحيح الترغيب އިމާމް الألبَانِي -رحمه الله- ޞައްޙަ ކުރައްވާފައިވެ އެވެ.
”ހުކުރު ވިލޭރޭގައި سورة الكهف ކިޔަވައިފި މީހަކަށް، ފަހެ އެމީހަކާއި (އެބަހީ : އެމީހަކު އެޞޫރަތް ކިޔެވި ތަނަކާ) ޒަމާންވީ ގެފުޅާއި ދެމެދު (ދުރުމިނަކަށް) ވާ އަލިކަމެއް އެމީހަކަށްޓަކައި ވާނެ އެވެ.“
އަދި އެހެން ޙަދީޘެއްގައިވެ އެވެ.
رَسُول الله صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (مَنْ قرَأَ سُوْرَة الكَهْفِ يَوْم الجُمُعَة أَضَاءَ لَهُ النُّوْر مَا بَيْنَهُ وَ بَيْنَ البَيْت العَتِيْق) صحيح الجامع : 6471
”ހުކުރު ދުވަހު سورة الكهف ކިޔަވައިފި މީހަކަށް، ފަހެ އެމީހަކާއި (އެބަހީ : އެމީހަކު އެޞޫރަތް ކިޔެވިތަނަކާ) ޒަމާންވީ ގެފުޅާއި ދެމެދު (ދުރުމިނަކަށް) ވާ އަލިކަމެއް އެމީހަކަށްޓަކައި ވާނެ އެވެ.“
الشَّيخ ابن العُثَيمِين رحمه الله ވިދާޅުވެފައިވެ އެވެ.
”ކަހްފު ސޫރަތް ހުކުރު ދުވަހުގައި ކިޔެވުމަކީ މަންދޫބު ވެގެންވާ ޢަމަލެކެވެ. އަދި އެކަމުގައި މާތްކަމެއްވެ އެވެ. އަދި މި އަޖުރު ލިބުމުގައި (ކަހްފު ސޫރަތް) މުޞްޙަފް ބަލައިގެން ކިޔެވުމާއި ހިތުން ކިޔެވުމުގައި ތަފާތެއްނުވެ އެވެ. ޝަރުޢީ ގޮތުން ދުވަސް ގުނެނީ، ފަތިސް ވަޤުތުން ފެށިގެންގޮސް އިރުއޮއްސުމަށް ދާންދެނެވެ. ފަހެ، އެހެންވުމުން އިންސާނަކު ހުކުރު ނަމާދުގެ ފަހުގައި ކިޔެވި ކަމުގައި ވީނަމަވެސް އަޖުރު ޙާސިލްވެގެންދާނެ އެވެ.“
އެހެންކަމުން ހުކުރު ދުވަހުގައި އަދި ހުކުރު ވިލޭރޭގައިވެސް ކަހްފް ސޫރަތް ކިޔަވައިފި މީހަކަށް އެކަމުގެ އަޖްރު މާތްالله ދެއްވާނެއެވެ.
މަސްދަރު: އަބޫއަނަސް

ކިޔުންތެރިންގެ ހިޔާލު