އަހުމަދު ޔާމިން   6 އޭޕްރީލު 2024 - 15:23
އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ އުޚްތުން ކުރާ ސުވާލެކެވެ. ބުރުގާ ނާޅާ ޤުރުއާން ކިޔެވިދާނެ ހެއްޔެވެ.

ޖަވާބުގައި ދަންނަވަންއޮތީ ޤުރުއާން ކިޔަވާ މީހާއަށް ކަނޑައެޅިފައިވާ އަދަބުތަކެއް ވާކަމަށެވެ. ކީރިތި ޤުރުއާން ކިޔަވާ މީހާއަކީ، ﷲ ގެ ކަލާމްފުޅު ކިޔައި އެ އިލާހަށް މުޚާޠަބު ކުރަމުންދާ ފަރާތެކެވެ. އެހެންކަމުން އެންމެ ރިވެތި ޙާލުގައި އެންމެ އެދެވޭ ސިފައިގައި ހުރުމަށް އަބަދުވެސް ސަމާލުކަންދޭން ވާނެއެވެ.

އެގޮތުން ވުޟޫ ކޮށްގެން ހުރެ ޤުރުއާން ކިޔެވުމާއި، ހަށިގަނޑު ނިވާކޮށްގެން ހުރެ ކިޔެވުން ފަދަ ކަންކަމަކީ ޤުރުއާން ކިޔެވުމުގެ އަދަބުތަކުގެ ތެރެއިން ހިމެނިގެންވާ ރިވެތި އަދަބުތަކެވެ. އަދި އެއީ ޤުރުއާން ތިލާވަތް ކުރުމުގައިވާ ޒީނަތްތެރި ކަމުގެ ތެރެއިން ޒީނަތްތެރި ކަމުގައި ހިފުމެވެ.

އެހެނަސް އަންހެނަކު ޤުރުއާން ކިޔަވާހިނދު ބޮލުގެ އިސްތަށިގަނޑު ނިވާކުރުން އެއީ ޝަރުޠެއްކަމުގައި ކަނޑައެޅިފައެއް ނުވެ އެވެ.

އަންހެން މީހާ، މަޙްރަމުންނަށް އެކަނި ފެންނަ ޙާލަތުގައި އިނދެގެން ކިޔަވާ ނަމަ، ޢާންމުކޮށް ގޭތެރޭގައި ލައިގެން އުޅޭ ފޭރާމުގައި ކިޔެވުން ހުއްދަވާނެ އެވެ.

ابن بَاز -رحمه الله- ވިދާޅުވެފައިވެ އެވެ. ”(ކީރިތި ޤުރުއާން ކިޔެވުމަށްޓަކައި) އަންހެން މީހާ އެކުއެކީގައި ނިވާވުން ލާޒިމްނުވެ އެވެ. ހިލޭ ފިރިހެނެއް އަންހެން މީހާ (ފެންނަ ގޮތުގައި ނުވާނަމަ) ޙިޖާބްވުން ލާޒިމް ނުވެ އެވެ. ހިލޭ ފިރިހެނަކު ނެތްހިނދު، އިސްތަށިގަނޑު ނިވާކުރުމަށް އަޅާފައިއޮންނަ ފޭރާން ނެތް ކަމުގައިވީނަމަވެސް ޤުރުއާން ކިޔެވޭނެ އެވެ.“

އެހެންކަމުން ދަންނަވަން އޮތީ ބޯނިވާކުރުމާއި އަދި ޢަޥްރަ ނިވާކުރުމަކީ ޤުރުއާން ކިޔެވުމުގައި ޝަރުޠުކޮށްފައިވާ ކަމެއް ނޫން ކަމަށެވެ. އެހެނަސް ބޯ ނިވާކުރުމާއި ޢަވްރަ ނިވާކުރުން ނަމާދު ކުރުމުގައި ޝަރުޠު ކުރެވިގެންވެ އެވެ.

މަސްދަރު: އަބޫއަނަސް


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން