މަތީ ފެންވަރުގެ ފަރުވާ ހޯދަން ބޭނުންވާ ބަލިމީހުންނަށް ރައްކާތެރި އަދި އަގުހެޔޮ ގޮތަކަށް މެޑިކާ ހޮސްޕިޓަލުން 2024 ވަނަ އަހަރުގެ ޚިތާނީ ކޭމްޕް ފެށުމަށް ތައްޔާރުވަމުންދާކަމަށް އެހޮސްޕިޓަލުން ހާމަކޮށްފިއެވެ.

މި ކޭމްޕް ކުރިއަށް ދާނީ 27 އޭޕްރިލް އިން 23 މޭގެ ނިޔަލަށެވެ.

މެޑިކާ ހޮސްޕިޓަލުން ބުނީ ބަލިމީހުންގެ ސިއްހަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމުގެ ގޮތުން ތަޖުރިބާކާރު ފަންނީ ބޭފުޅުންގެ ޓީމެއް އެކުލަވާލާފައިވާކަމަށެވެ.

"އަޅުގަނޑުމެންގެ ޑޮކްޓަރުންގެ ޓީމްގެ ތެރޭގައި، ޑރ.މުޙައްމަދު ޞާލިޙާއި، ޑރ.މުޙައްމަދު ޝަރީފާއި އަދި ޑރ.ސްޓެނިސްލާވް ހިމެނޭ" މެޑިކާ ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ.

މެޑިކާ ހޮސްޕިޓަލުން ކުރިއަށްގެންދާ ހިތާނީ ކޭމްޕްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ވައިބަރ މެދުވެރިކޮށް 9190551 ނުވަތަ 9190551 އަށް މެސެޖް ކޮށްގެން ސްލޮޓް ބުކް ކުރުން ހަމަޖެހިގެންދާނެއެވެ. މި ޚިތާނު ޕެކޭޖްގެ އަގަކީ އެންމެ 3,700 ރުފިޔާއެވެ.

މެޑިކާ ހޮސްޕިޓަލަކީ އެ ހޮސްޕިޓަލުގެ ހުރިހާ ބަލިމީހުންނަށްވެސް އެންމެ މަތީ ފެންވަރުގެ ފަރުވާ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލަކީ ސިއްހީ ގޮތުން ފުންނާބު އުސް ތަނެއްގެ ގޮތުގައި މަޝްހޫރު ހޮސްޕިޓަލެކެވެ، މިހެންކަމުން ޚިތާނީ ކޭމްޕްގައިވެސް އެންމެ މަތީ ފެންވަރުގެ ސިއްހީ ފަރުވާ ފޯރުކޮއްދޭނެ ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. މިފުރުސަތު ގެއްލިގެންދިޔަ ނުދިނުމަށްޓަކައި ޝައުގުވެރިވާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ސްލޮޓް ބުކް ކުރުމަށް ބާރުއަޅަމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން