އުސޫލުތަކާ ހިލާފަށް މީހުންގެ އަތުން ފައިސާ ނަގާފައިވާތީ ޢުމްރާއަށް މީހުން ގެންދާ ގްރޫޕްގެ މައްސަލަ ޕޮލިހަށް ހުށައެޅުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވީ އުސޫލާ ޚިލާފަށް މީހުން އުމްރާއަށް ގެންދާތީ ގްރޫޕެއްގެ މައްސަލަ ތަހުގީގު ކުރަން މިއަދު ޕޮލިހަށް ހުށަހަޅުއްވާނެ ކަމަށެވެ.

މިނިސްޓަރ މިމޭރުމުން ވިދާޅުވެފައިވާއިރު ދިވެހި އަމިއްލަ ކުންފުންޏެއްގެ ހަވާލުގައި އުމްރާއަށް ދިޔަ ދިވެހީންތަކެއް މައްކާގައި ތާށިވި މައްސަލައެއް މިހާރު ވެސް ވަނީ ފެންމަތިވެފައެވެ.

އިސްލާމިކް މިނިސްޓަރ މިއަދު ވިދާޅުވީ އުމްރާއަށް މީހުން ގެންދިއުމާ ގުޅޭގޮތުން ރާއްޖޭގައި އަމަލު ކުރާ ރަސްމީ އުސޫލާ ޚިލާފަށް މީހުން އަތުން ލާރި ނަގައިގެން އެއަށް ބައެއް ޖަމާއަތްތަކުން އިހުމާލު ވަމުންދާ ކަމަށެވެ. އަދި އެމައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން މިއަދު ޕޮލިހަށް ހުށަަހަޅުއްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.



މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު ހައްޖާއި އުމްރާއަށް މީހުން ގެންގޮސްދިނުމުގެ ހިދުމަތް ދޭ އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން ފޮނުވި ޗެކުތަކެއް ބައުންސްވި މައްސަލައެއް މީސް މީޑިއާއަށް މިހާރު ވަނީ ފެންމަތިވެފައެވެ.

ޑރ. ޝަހީމް މީގެކުރިން ވިދާޅުވީ އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ޖަމާއަތްތަކުގެ ލިސްޓް އާއްމު ކޮށްފައިވާ ކަމަށާއި އުމްރާއަށް ދިއުމުގެ ކުރިން އެޖަމާއަތަކީ އެ ލިސްޓްގައި ހިމެނޭ ޖަމާއަތެއްތޯ ޔަގީން ކުރެއްވުމަށް އިލްތިމާސް ކުރަށްވާ ކަމަށެވެ.

ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް މިހާތަނަށް 50 ކުންފުންޏަކަށް ހުއްދަ ދީފައިވާއިރު ހަތަރު ކުންފުންޏެއްގެ ހުއްދަ މި މާޗު 2024އަށް ވަނީ ހަމަވެފައެވެ.

ހައްޖާއި އުމްރާއަށް މީހުން ގެންދިއުމުގެ ނަމުގައި މަކަރުހަދައި އޮޅުވާލާ ކުންފުނިތަކުގެ މައްސަލަތައް އިތުރުވެފައިވާތީ ސަރުކާރުން މިހާރު ނިންމާފައި ވަނީ ރާއްޖޭން މީހުން ހައްޖަށް ގެންދާނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އެކަނި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން