މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސް އަދި ކުރީގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ނ.ޢ.ޢ.ވ ޢަބުދުﷲ ޝާހިދުގެ ބައްޕާފުޅު، އަލް މަރްޙޫމް ދަރަވަންދޫގޭ މޫސާ ޖަމީލް، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ޝާހިދުގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި އަލްމަރްޙޫމް ދަރަވަންދޫގޭ މޫސާ ޖަމީލް، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ޚަބަރު އެއްސެވީ ނުހަނު ފުން ހިތާމަޔާއެކުގައިކަމަށް ވިދާޅުވިއެވެ.
އަދި މާތް ﷲ މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުމަށާއި، މައްޔިތާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުޢާކުރައްވައިފައެވެ.
ބައްޕާފުޅު އަވަހާރަވީ ޚަބަރު މީސްމީޑިއާގައި ޙިއްސާ ކުރަށްވަމުން ޝާހިދު ވިދާޅުވީ ބައްޕާފުޅު އަވަހާރަވީ މިއަދު ހެނދުނު ކަމަށެވެ.
ޝާހިދު ވިދާޅުވީ އޭނާގެ ބައްޕާފުޅަކީ އޭނާގެ ހަޔާތްޕުޅުގެ އެންމެ ވަރުގަދަ ތަނބު ކަމަށާއި އަދި އިހުލާސްތެރިކަމާއެކު ކަންކަމުގައި ލަފާ ދެއްވައި އަދި ކަންކަން ރަނގަޅު ކުރަން ވިދާޅުވެދެއްވި ބޭފުޅާ ކަމަށެވެ.
ޝާހިދުގެ ބައްޕާފުޅުގެ ކަށުނަމާދު އޮންނާނީ މިއަދު ޢަޞްރު ނަމާދަށް ފަހު ކަމަށް ޢާއިލާއިން މަޢުލޫމާތު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު