ރޭ ކުރި ވިއްސާރައިގައި ހއ. ދިއްދޫ ފުލެޓް ސަރަހައްދުގެ 6 ގެއެއްގެ ފުރާޅު އެއްލާލައިފިއެވެ.

ދިއްދޫ ކައުންސިލުން މިއަދު ބުނީ ރޭގެ ކުރި ވިއްސާރައިގައި ދިއްދޫ ފުލެޓް ސަރަހައްދުގެ 6 ގެ އަކަށް ރޯޅިއެއް އަރާ ފުރާޅުތަކުގެ ޓިނުތައް އުކާލާފައި ވާކަމަށެވެ. އަދި ގިނަ ފުލެޓް ތަކަކަށް އެކިވަރުގެ ގެއްލުންވެފައިވާ ކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ.



ގޭގޭގެ ޓިނުތައް ވަޔާ އުކާލުމުގެ ސަބަބުން ބައެއް ގެތަކުގެ ފަރުނީޗަރާއި ހިފާގެންގުޅޭ ތަކެއްޗަށް ގެންލުންވެފައިވާއިރު އަލުން ފުރާޅުގައި ޓިނު ޖެހުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ކައުންސިލުން ބުނީ ވިއްސާރާގައި ދިއްދުއަށް ލިބުނު ގެއްލުންތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް މިހާރު ޙިއްސާކޮށްފައިވާ ކަމަށެވެ.

ވިއްސާރައިގައި ދިއްދުއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު ނިމިގެންދިޔަ ހަފްތާގެ ތެރޭގައި ރާއްޖެއަށް ހުޅަނގު މޫސުން ވަނީ ފެށިފަ އެވެ. އޭގެފަހުން ރާއްޖޭގެ ބޮޑު ބަޔަކަށް ވަނީ މޫސުން ގޯސްވެފަ އެވެ.

މިދުވަސްވަރު މޫސުން ގޯސްވުމާ ގުޅިގެން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އޭގެ އިތުރުން މެޓް އޮފީހުން ވަނީ ރާއްޖޭގެ ބޮޑުބަޔަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް ވައިޓް އެލަރޓް ނެރެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން