މިދިޔަ 24 ގަޑިއިރުތެރޭ ލ. ކައްދޫއަށް 135.7 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން ހާމަކޮށްފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ މިދިޔަ 24 ގަޑިއިރު ރިކޯޑު މިންވަރަކަށް ކައްދުއަށް ވާރޭ ވެހިފައިވާކަމަށާއި، ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވާ ކަމަށް ރިކޯޑު ކުރެވިފައިވަނީ އދ. މާމިގިއްޔަށް ކަމަށެވެ. އެގޮތުން 109.5 މިލިމީޓަރުގެ ވާރޭ އެ ރަށަށް ވެހިފައިވެއެވެ.
އޭގެއިތުރުން ފ. ނިލަންދޫއަށް ވެސް 59.3 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. މެޓުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖެއަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރާ ކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ރޭވަނީ ހއ. ދިއްދޫގެ ބައެއް ގެތަކުގެ ފުރާޅުގެ ޓިނުތައްވެސް ވަޔާ އުކާލާފައެވެ.
މޫސުން ގޯސްވެ ރާއްޖޭގެ ދެ އަތޮޅަކަށް މެޓް އޮފީހުން ރޭ ވަނީ އޮރެންޖު އެލާޓް ވެސް ނެރެފައެވެ. މި އެލާޓް ރޭ ދަންވަރު ނެރުނީ ތ. އަތޮޅާއި ލ. އަތޮޅަށެވެ. އިންޒާރުގައި ބުނެފައިވަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާ ކުރެވޭ ކަމަަށެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކު، ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު