މިދިޔަ 24 ގަޑިއިރުތެރޭ އދ. މާމިގިއްޔަށް 73 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން ހާމަކޮށްފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ މިދިޔަ 24 ގަޑިއިރު މާމިގިއްޔަށް 73 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށާއި، ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވާ ކަމަށް ރިކޯޑު ކުރެވިފައިވަނީ ހދ. މަކުނުދޫއަށް ކަމަށެވެ. އެގޮތުން 60.9 މިލިމީޓަރުގެ ވާރޭ އެ ރަށަށް ވެހިފައިވެއެވެ.
އޭގެއިތުރުން ކ. ދިއްފުއްޓަށްވެސް 55.2 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. މެޓުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖެއަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރާ ކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އިއްޔެރޭވަނީ ހއ. ދިއްދޫގެ ބައެއް ގެތަކުގެ ފުރާޅުގެ ޓިނުތައްވެސް ވަޔާ އުކާލާފައެވެ.
މޫސުން ގޯސްވެ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ވެސް ނެރެފައެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކު، ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު