ބަނޑޭރި ކޮށީގެ އެޕާރޓްމެންޓެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ޕޯސްޓުމޯޓަމް ހަދަން ރާއްޖޭން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ބަނޑޭރިކޮށީގެ އެޕާޓްމަންޓެއްގެ ތެރޭގައި މަރުވެފައި އޮއްވާ މިދިޔަ ހޯމަދުވަހު ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށެވެ.
އެމީހާގެ ހަށިގަނޑު ފޮނުވަން ނިންމާފައިވާ ޤައުމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މަރުވެފައި އޮތް މީހާ ފެނުނީ، ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ބަނޑޭރި ކޮށި އެޕަރޓްމެންޓެއް ބަލާ ފާސްކުރަމުންދަނިކޮށް ކަމަށާއި އެ މީހާއަކީ 30 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
އާންމު ގޮތެއްގައި ޕޯސްޓުމޯޓަމް ހަދަނީ ފުލުހުންނަށް އެ މީހާގެ ހަށިގަނޑުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުންނެވެ.
މި މައްސަލަ އިތުރަށް ތަޙުޤީގުކުރަމުންދާކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު