މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީއަށް އޮރެންޖު ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ބުނީ މި ސަމާލު ނެރެފައިވަނީ މިއަދު 03:00 އިން ފެށިގެން މިރޭ 07:00 އާއި ދެމެދުގެ ވަގުތަށް ކަމަށެވެ..
މެޓުން ބުނީ ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީއަށް ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.
ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައިވާއިރު މި ދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސް ދުވަސްވަރެކެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ސަރަހައްދަށް މެޓް އޮފީހުން ވަނީ ޔެލޯ އެލާޓްވެސް ނެރެފަ އެވެ.
މެޓް އޮފީހުން ބުނީ ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު