ބޯކޮށް ވާރޭވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާއިއެކު ފެންހިންދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފިއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާލެއަށް މިއަދު ބޯކޮށް ވާރޭ ވެހި ބައެއް މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. މިކަމާ ގުޅިގެން މަގުތަކުން ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވަމުންދާކަން މްއެންޑީއެފް އިން ބުނެފައިވެއެވެ.



ފެންބޮޑުވުމާއި ގުޅިގެން ގޭގެއަށް ފެންވަދެ ގެއްލުމެއް ލިބިފައިވާކަން ރިޕޯޓުކޮށްފައެއް ނުވެއެވެ.

މިއަދު މޫސުން ގޯސްވެ ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހުދު ސަމާލާއި، ރީނދޫ ސަމާލުވެސް ނެރިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން