މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ ފެނިފައިވަނީ މިދިޔަ އެޕްރީލް 10ވަނަ ދުވަހު، އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ މ. ރަބީއުވިލާގެގޭ ގްރައުންޑް ފްލޯއިންނެވެ.
ފުލުހުން ބުނީ މާލޭ މާފަންނު ގެއެއްގެ ގްރައުންޑް ފްލޯގައި ފިރިހެނަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު 14:20 ގައި ކަމަށެވެ. އަދި މިވަގުތު ފުލުހުން ދަނީ ސީންގައި ޙަރަކާތްތެރިވަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިފައިވާއިރު މިދިޔަ ބުދަ ދުވަހު ވެސް ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި ބިދޭސީއަކު މަރުވެފައި އޮއްވައި ފެނިފައިވެއެވެ. އެ މީހާގެ މަރުގައި ތުހުމަތުކުރެވޭ ކަންތައްތަކެއް ނެތް ކަމަށް ފުލުހުން މީގެ ކުރިން ވަނީ މައުލޫމާތު ދީފައެވެ.
އޭގެކުރިން މި މަހުގެ 13 ވަނަ ދުވަހު ބަނޑޭރިކޮށީގެ އެޕާޓްމަންޓެއްގައި މަރުވެފައި އޮތް 30 އަހަރުގެ ދިވެހި ފިރިހެނެެއްގެ ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން މިހާރުވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު