ވ. ކެޔޮދޫ، ދޭލިޔާގޭ މޫސާ އަހުމަދު، 19، ގެ ގަޔަށް ވަޅި ޖަހާ މަރާލި މައްސަލާގައި ދަޢުވާ އުފުލާފައިވާ އދ. މާމިގިލީ ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ މައްސަލަ ހައިކޯޓުގައި މާދަމާ ބޭއްވުމަށް ތާވަލު ކޮށްފިއެވެ.
ފަނޑިޔާރު ފާތިމަތު ފަރުހީޒާ (ރިޔާސަތު) އާއި ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު އަބްދުލް މާނިއު ހުސެއިން ބެންޗުގައި ތިއްބަވައިގެން ބައްލަވާ މި މައްސަލަ ހައިކޯޓުގައި ތާވަލު ކޮށްފައިވަނީ މާދަމާ މެންދުރު ފަހުގެ ވަގުތަކަށެވެ.
ހައިކޯޓުގައި މައްސަލަ ތާވަލު ކޮށްފައިވާއިރު، ހައި ކޯޓުން ސައްމާހު ބަންދުން ދޫކޮށްލީ ގޯސްކޮށް ކަމަށް ކަނޑައަޅައި، އޭނާގެ ބަންދާ މެދު އަލުން ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުން ކުރި އަމުރަށް ހައިކޯޓުން އަމަލުކޮށްފައި ނުވާކަމަށް ބުނެ ޕީޖީ އޮފީހުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅައިފައެވެ.
ޕީޖީ އޮފީހުން ސުޕްރީމް ކޯޓަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މާފަންނު އައިޓަމްސް ފިހާރަ ކައިރީގައި ވ. ކެޔޮދޫ ދޭލިއާގޭ މޫސާ އަހުމަދު މަރާލި މައްސަލާގައި ދައުވާކޮށްފައިވާ އިބްރާހިމް ސައްމާހު އަހުމަދުގެ ބަންދާ މެދު ހައި ކޯޓުން ގޮތެއް ނިންމަން ސުޕްރީމް ކޯޓުން ދިން ވަގުތު ހަމަވިއިރު ވެސް ހައިކޯޓުން ގޮތެއް ނިންމާފައި ނުވާކަމަށެވެ.
އެހެންކަމުން އެ މައްސަލާގައި ފިޔަވަޅެއް އަޅައިދިނުމަށް ޕީޖީ އޮފީހުން ވަނީ އެދިފައެވެ. އަދި ހައިކޯޓުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީ އަށް ހުށަހެޅުމާމެދު މަޝްވަރާކުރަމުންދާ ކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. ނަމަވެސް އެކަމުގައި ޕީޖީ އޮފީހުން ޢަމަލުކުރިގޮތެއް ސާފުވެފައެއް ނުވެއެވެ.
މޫސާ އަހްމަދުގެ މަރުގެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވާ އިބްރާހީމް ސައްމާހު އަހްމަދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ޖެނުއަރީ މަހުގައެވެ.
ދައުލަތުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށް، އިސްތިއުނާފުގެ ޝަރީއަތް ނިމެންދެން ސައްމާހު ބަންދު ކުރުމަށް އެދުނު ނަމަވެސް ހައި ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރޭނެ ތަނެއް ނެތް ކަމަށެވެ.
އަދި ދަޢުލަތުން ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ސައްމާހްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުން ހައިކޯޓަށް އަންގައި ހަތް ދުވަހުގެ މުއްދަތެއް ދިންނަމަވެސް، މުއްދަތު ހަމަވިއިރު އެ ކޯޓުން އަޑުއެހުމެއް ބާއްވާފައި ނުވެއެވެ.
މި މައްސަލާގައި ހައި ކޯޓުން ސައްމާހުގެ ބަންދާ މެދު ގޮތެއް ނިންމަން އަޑުއެހުމެއް ނުބޭއްވުމުން، ސައްމާހު ވަނީ މިނިވަންވެފައި ކަމަށް ޕީޖީން ބުނެއެވެ.
ސެޕްޓެމްބަރު 24، 2017 ވަނަ ދުވަހު މާފަންނު އައިޓަމްސް ފިހާރަ ކައިރީ ހިނގި މި މާރާމާރީގައި ލިބުނު ޒަހަމްތަކާއި ގުޅިގެން މޫސާ ހޮސްޕިޓަލަށް ގެނައިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވަނީ މަރުވެފަ އެވެ. އެ މައްސަލާގައި ދައުލަތުން ދައުވާ އުފުލީ ފަސް މީހެއްގެ މައްޗަށެވެ. އެއީ އިބްރާހިމް ސައްމާހު އަހުމަދު ފަތުހީއާއި، އަލީ ހަސަންއާއި، މުހައްމަދު ރިޔާޒްއާއި، އަހުމަދު އީޖާދު މުހައްމަދު އަދި މުހައްމަދު ނާޝިޒް ނާޒިމްގެ މައްޗަށެވެ.
އޭގެ ތެރެއިން ސައްމާހުގެ މައްޗަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއާއި މަގްބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާ އެވެ. ނާޝިޒްގެ މައްޗަށް ކުރީ މަގްބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާއާއި، ތޫނު އެއްޗެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އެވެ. ބާކީ ތިބި ތިން މީހުންނަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
އޭގެތެރެއިން ކުށް ސާބިތުވީ ސ. ހިތަދޫ, މުޑުދާސްގެ، އަލީ ހަސަންގެ މައްޗަށެވެ. އޭނާ 15 އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އަދި ނ. ޅޮހީ، ކަނީރުމާގެ، މުހައްމަދު ރިޔާޒު އާއި މ. ދިއްގަރު، ދެބުދާރުގެ، އަހުމަދު އީޖާދު މުހައްމަދުގެ މައްޗަށް މޫސަ މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު