ތިލަފުށި
ތިލަފުށި
ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަންގެ ބިމެއްގައި ނުގަވާއިދުން ބަހައްޓާފައި ހުރި އުޅަނދުތަކެއް ނެގުމަށް އެ ކޯޕަރޭޝަނުން އެދިއްޖެއެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ތިލަފުށީގައި އޮންނަ އެ ކުންފުނީގެ އަމިއްލަ ބިމެއް، އެހެން ބަޔަކަށް ކުއްޔަށް ދީފައިވާ ކަމަށެވެ. އެހެންކަމުން އެބިމުގެ ތެރޭގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ އުޅަނދުތަކާއި އަދި އެހެނިހެން ތަކެތި ނަގައި އެބިން ކުއްޔަށް ނެގި ފަރާތަށް ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ވަނީ ތިލަފުށީގައި އޮންނަ އެ ކުންފުނީގެ އަމިއްލަ ބިމުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ އުޅަނދުތަކުގެ ލިސްޓެއްވެސް އާއްމުކޮށްފަ އެވެ.

އަދި އެ އުޅަނދުތަކުގެ ވެރިފަރާތުން އެޗްޑީސީގެ ކޯލް ސެންޓަރ ހޮޓްލައިން 1516 އަށް ގުޅައި މައުލޫމާތު ސާފުކުރުމަށްފަހު 15 ދުވަހުގެ ތެރޭގައި އެ އުޅަނދެއް ނުވަތަ ތަކެތި ނެގުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

އެ މުއްދަތު ތެރޭގައި އުޅަނދުތައް ނުނަގައިފިނަމަ ގަވާއިދާ ހިލާފަށް ދޫކޮށްލާފައިވާ އުޅަނދުތައް ކަމަށް ބަލާ އެ އުޅަނދުތަކާއި ތަކެއްޗާއި މެދު އެކޯޕަރޭޝަނަށް ފެންނަ ގޮތަކަށް އަމަލުކުރާނެ ކަމަށްވެސް އެޗްޑީސީގެ އިޢުލާނުގައި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން