ރައީސް ޑރ. މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް
ކުންފުނިތަކުގެ މެނޭޖްމެންޓު ހަރުދަނާ ކުރުމުގެ ފައިދާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފެންނަން ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ހުޅުމާލޭގެ މާސްޓަ ޕްލޭނަށް ގެނައި ބަދަލުތައް އިފްތިތާހު ކޮށްދެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރައީސް ވިދާޅުވީ އެކި ސަބަބުތަކާހުރެ ކުންފުނިތަކުގެ ހިންގުމަށް ބަދަލުތައް ގެންނަމުން ދާ ކަމަށެވެ. އަދި މި ބަދަލުތަކަކަކީ ގުޑް ގަވަނެންސް ކަށަވަރު ކުރުމާއި ދެފުށް ފެންނަކަން ޔަގީން ކުރުމާއި ކޮރަޕްޝަން ނައްތާލައި އާއްމުންނަށް ދޭ ހިދުމަތްތައް އަވަސްކޮށް، ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުންފުނި ހިންގާކަން ޔަގީން ކުރުމުގެ ބޭނުމުގައި ގެންނަވާ ބަދަލުތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އެފަދަ ބަދަލުތަކުގެ ފައިދާ އެޗްޑީސީން މިހާރު ފެންނަމުންދާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ ކޮރަޕްޝަންގެ މައްސަލަތަކެއް ތަހުގީގު ކުރަމުންދަނިކޮށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިބްރާހިމް ފަޒުލް ރަޝީދު އިސްތިއުފާ ދެއްވި ދެއްވުމަށް އިޝާރާތް ކުރައްވަމުންނެވެ.

ފަޒުލް އިސްތިއުފާ ދެއްވީ ބިންވެރިޔާ ސްކީމުގެ ލިސްޓުގައި ނުހިމެނުނަސް ފަޒުލްގެ ކޮއްކޮ، ފަޒީލަށް ގޯތި ދިން މައްސަލައާއެކު ފާޑުކިޔުންތައް އަމާޒުވުމުންނެވެ. އޭގެ ފަހުން އެ މައްސަލައާ ގުޅުން ހުރި ބަޔަކު އެޗްޑީސީން ވަކިކުރި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކާއި މިނިސްޓްރީތަކާއި މުއައްސަސާތައް ހިނގަން ބޭނުންވަނީ ދެފުށް ފެންނަ ގޮތުގައި ކަމަށެވެ. އަދި ކޮރަޕްޝަނަކީ އެންމެން ނޫނެކޭ ބުނާ ކަމަކަށް ހަދަން ބޭނުންފުޅުވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން