ހަތިޔާރުގެ އަޅުވެތިކަމުން ކުރިން ރާއްޖެ މިނިވަންކުރިގޮތަށް ދަރަނީގެ އަޅުވެތިކަމުންވެސް މިއަދު ރާއްޖެ މިނިވަންކުރަން ޖެހޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހާ ގުޅިގެން މިރޭ ބޭއްވި ޖަލްސާގައި ރާއްޖޭގެ ދަރަނީގެ ހާލަތަށް އަލިއަޅުވާލައްވައި އެމަނިކުފާނު ވިދާޅުވީ ޒިންމާދާރުކަމެއް ނެތި ފައިސާ ޗާޕުކުރުމުގެ ސަގާފަތް ނިމުމަކަށް ގެނެސް ނަގާފައި ހުރި ދަރަނިތައް ދައްކަމުން ހަލާސްކުރަމުންދާ ކަމަށެވެ. އަދި އެއާއެކު ރާއްޖެ ބަނގުރޫޓްވުމުން ސަލާމަތްކުރެވި އިންވެސްޓަރުންގެ އިތުބާރު ހޯދަންފަށާފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ގައުމެއްގެ އަމިއްލަ ބަސް ބުނެ އަމިއްލަ ދީނާއި އަމިއްލަ ގޮތްތައް ރައްކާތެރި ކުރެވެނީ، އެ ގައުމެއްގައި ސަލާންޖަހަން ނުޖެހޭ އިގުތިސާދަކަށް ފުރާނައެޅުވިފައި އޮވެގެން ކަމަށެވެ.
"ހަތިޔާރުގެ އަޅުވެތިކަމުން އެ ދުވަހު އަޅުގަނޑުމެން ދިވެހީން މި ޤައުމު މިނިވަންކުރި ފަދައިން، ދަރަނީގެ އަޅުވެތިކަމުން ވެސް ދިވެހި ޤައުމު މިނިވަންކުރަން ޖެހޭ" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ސައްތައިން ސައްތަ އިސްލާންވަންތަކަން، ދިވެހީންގެ ފުރިހަމަ މިނިވަންކަން، ދިވެހީންގެ އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް ކުޑަވެސް އުނިކަމެއް އަންނާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަންވެސް ރައީސް މިރޭ ދެއްވިއެވެ. އަދި އަޅާ ކޮންމެ ފިޔަވަޅެއް، ނިންމާ ކޮންމެ ނިންމުމެއް ނިންމާނީ ދިވެހި ގައުމީ އެންމެހާ ބަހާތަކަށް ފުރިހަމަ ދިރުމާއި އާރޯކަމާއި ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށްޓަކައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު