ދިރިއުޅުމަށް ބިން ވިއްކުމުގެ އެއްވެސް މުއާމަލާތެއް އިއުލާނު ނުކޮށް ކުރިއަށް ނުގެންދާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފިއެވެ.

އާންމުކޮށް އިއުލާނު ނުކޮށް ހުޅުމާލެއިން ބިން ވިއްކާކަމަށް ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން އެޗްޑީސީން މިއަދު ވަނީ ނޫސްބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނީ, އިއުލާން ކުރުމެއް ނެތި ދިރިއުޅުމުގެ ބޭނުމަށް ބިން ވިއްކުމުގެ އެއްވެސް މުއާމަލާތެއް އެ ކުންފުނިން ކުރިއަށް ގެންގޮސްފައި ނުވާ ކަމަށެވެ.

އެޗްޑީސީން ބުނީ, މިއަހަރުގެ ތެރޭގައި ވެސް ދެ ފަހަރެއްގެ މަތިން ހުޅުމާލެ އިން ދިރިއުޅުމުގެ ބޭނުމަށް ބިން ވިއްކުމަށް އިއުލާން ކޮށްފައިވާނޭ ކަމަށާއި އެ މަސައްކަތްތައް ދަނީ ހުޅުވާލެވިފައިވާ ބިޑު ޕްރޮސެސްއެއްގެ ތެރެއިން ކަމަށާއި އޭގެ މައުލޫމަތު އިއުލާނުތަކާއިއެކު ވެބްސައިޓުން ފެންނަން ވެސް ހުންނާނެ ކަމަށެވެ.

އެޗްޑީސީގެ ބަޔާނުގަައި ވަނީ، ހުޅުމާލެ ތަރައްގީކޮށް ހިތްފަސޭހަތަނަކަށް ހެދުމަށް އެޗްޑީސީން ހެޔޮ ނިޔަތުގައި ކުރަމުން އަންނަ މަސައްކަތަށް ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އިތުބާރަށް ކިލަނބުކަން އަންނަ ގޮތަށް، ކަމުގެ ހަގީގަތް ބެލުމެއް ނެތި ޚަބަރު ގެނެސްދިނުން ކުށްވެރި ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން