މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީން ފައިދާގެ ގޮތުގައި ޙިއްސާއަކަށް 4 ރުފިޔާ ބަހަން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފިއެވެ.

އެމްޓީސީސީން ބުނީ ޙިއްޞާގެ ފައިދާގެ ގޮތުގައި ޖުމްލަ ތިރީސް ދެމިލިއަން އެއްލައްކަ ފަންސާސްހާސް ނުވަސަތޭކަ ނުވަދިހަ ހަ ރުފިޔާ ބަހަން ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ކަމަށެވެ.

އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މިގޮތަށް ނިންމި ނަމަވެސް ހިިއްސާގެ ފައިދާ ބެހޭނީ ހާއްސަގޮތުން ބާއްވާ ހިއްސާދާރުންގެ ބޯޑުން އެގޮތަށް ފާސްކުރުމުންނެވެ. އެބައްދަލުވުން ބޭއްވުމަށް އެމްޓީސީސީން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

އެމްޓީސީސީން ބުނީ، 22 ވަނަ އަހަރުގެ ޙިއްޞާގެ ފައިދާ ލިބޭނީ 23 މެއި ވަނަ ދުވަހުގެ ނިޔަލަށް ކުންފުނީގެ ޙިއްޞާދާރުންގެ ރަޖިސްޓްރީގައި ހިމެނިވަޑައިގަންނަވާ ޙިއްޞާދާރުންނަށް ކަމަށެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރގައި އެމްޓީސީސީއަށް އާމްދަނީގެ ގޮތުގައި 664 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެކުންފުނީގެ މާލީ ހިސާބުތަކުން ދައްކައެވެ.

2022 ވަނަ އަހަރު އެމްޓީސީސީއަށް އާމްދަނީގެ ގޮތުގައި 2.47 ބިލިއަން ރުފިޔާ ލިބިފައި ވެއެވެ. އަދި ފައިދާގެ ގޮތުގައި 229.15 މިލިއަން ރުފިޔާ ލިބިފައިވާކަމަށްވެސް އެމްޓީސީސީން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން