މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ.ކުޅުދުއްފުށީ ސިޓީ، ގެއެއްގެ ފުރާޅު އެއްލާލައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ މިއަދު 11 ޖަހާ ކަންހާއިރު ވިއްސާރައާއެކު އައި ގަދަ ކޮޅިގަނޑުގައި ވަޔާ އެއްލާލާފައިވަނީ ކުޅުދުއްފުށި ސިޓީގެ "ޖަވާހިރުމާގޭ" ފުރާޅު ކަމަށެވެ.

އަދި އެގޭގެ ފުރާޅު މަގުމައްޗަށް އެއްލާލުމުން އެ ފުރާޅު މަގުމަތިން އެއްފަރާތް ކުރުމާއި ފުރާޅު ހަރުކުރުމުގައި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑާއި ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ކުރިއަށް އޮތް 3 ދުވަހުވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން