މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ނ. ހޮޅުދޫ، ގެއެއްގެ ފުރާޅު އެއްލާލައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ވިއްސާރައާއެކު އައި ގަދަ ކޮޅިގަނޑުގައި ވަޔާ އެއްލާލާފައިވަނީ ހޮޅުދޫ "ސުވާސް" ގޭގެ ފުރާޅެވެ.

އަދި އެގޭގެ ފުރާޅު މަގުމައްޗަށް އެއްލާލުމުން އެ ފުރާޅު މަގުމަތިން އެއްފަރާތް ކުރުމާއި ފުރާޅު ހަރުކުރުމުގައި، ހޮޅުދޫ ޕޮލިސް ސްޓޭޝަނާއި އެރަށުގެ ކަމާބެހޭ މުއައްސަސާތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި ކަމަށް ނޫނު ޕޮލިހުން ވަނީ ބުނެފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ކުރިއަށް އޮތް 3 ދުވަހުވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން