މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީން ފުލް ސްކޭލް އިމަޖެންސީ އެކްސަރސައިޒެއް މިއަދު ކުރިއަށް ގެންދާނެކަން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނީ ކުއްލި ޙާލަތުގައި އެކުންފުނީގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް ތައްޔާރީ ހާލަތެއްގައި އަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތްތަކަށް އަހުލުވެރިކުރުމުގެ ގޮތުން ފުލް ސްކޭލް އިމަޖެންސީ އެކްސަރސައިޒެއް މިއަދު ކުރިއަށް ގެންދާނެ ކަމަށެވެ.
އެގޮތުން މި އެކްސަރސައިޒް ކުރިޔަށް ގެންދަން ނިންމާފައިވަނީ މިއަދު މެންދުރުފަހު 13:00 އިން ހަވީރު 18:00 އަށް ކ. ތިލަފުށީގައި ހުންނަ އެމްޓީސީސީގެ ބޯޓު ޔާޑުގައެވެ.
އެމްޓީސީސީން ބުނީ މި އެކްސަރސައިިޒްގައި އެމްޓީސީސީ ބޯޓު ޔާޑު އެއްކޮށް އިވެކުއޭޓްކުރެވޭނެ ކަމަށާއި އެވަގުތު ބޯޓު ޔާޑުގައި ތިބި ހުރިހާ މުވައްޒަފުން އެތަނުން ނެރެ ރައްކާތެރި ސަރަހައްދަކަށް ގެންގޮސް މުޅި ބޯޓު ޔާޑު ހުސްކުރެވިގެންދާނެ ކަމަށެވެ.
“އެމްޓީސީސީ ބޯޓް ޔާޑާއި ކ ތިލަފުށި އިންޑަސްޓްރިއަލް އޭރިއާ ސަރަހައްދުގައި އެކި ބޭނުންތަކުގައި ޒިޔާރާތް ކުރައްވާ އެންމެހާ ފަރާްތަކަށް މި ޑްރިލްގެ ސަބަބުން ކޮށްފާނެ ދުމުގެ އަސަރަށް ސަމާލުވުމަށް ނަސޭހަތްތެރިވަމެވެ.” އެމްޓީސީސީން ބުނެފައިވެއެވެ.
އެމްޓީސީސީން ވަނީ އިމަޖެންސީ ޑްރިން ހިނގަމުންދާ ވަގުތު ދުމުގެ އަސަރު ކުރާނަމަ ދޮރުތަކާއި ކުޑަދޮރުތައް ރަނގަޅަށް ލައްޕާ ބަންދުކުރުމަށް އިލްތިމާސް ކޮށްފައެވެ. އަދި ލޮލާއި ނޭފަތާއި އަނގަ ރަނގަޅަށް ނިވާކުރުމަށްވެސް އެކުންފުނިން އެދިފައިވެއެވެ.
މި އެކްސަރސައިޒްގެ ސަބަބުން އާންމުންނަށް ދިމާވެދާނެ އެންމެހާ ދަތިތަކަށް އެމްޓީސީސީން ވަނީ މަޢާފަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު