ލުބުނާނުގެ ބޮޑުވަޒީރު ހަސަން ދިއާބު ރައީސް އަށް އިސްތިއުފާގެ ސިޓީ ހުށައަޅުއްވަނީ: ބޮޑުވަޒީރާ އޭނާގެ ސަރުކާރު ވަނީ އިސްތިއުފާ ދީފަ
ލުބުނާނުގެ ބޮޑުވަޒީރު ހަސަން ދިއާބު ރައީސް އަށް އިސްތިއުފާގެ ސިޓީ ހުށައަޅުއްވަނީ: ބޮޑުވަޒީރާ އޭނާގެ ސަރުކާރު ވަނީ އިސްތިއުފާ ދީފަ
ލުބްނާންގެ ބޮޑު ވަޒީރު ހަސަން ދިއާބާއި އެމަނިކުފާނުގެ ސަރުކާރު އިސްތިއުފާ ހުށަހަޅުއްވައިފިއެވެ.

ލުބްނާންގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވަން ނިއްމަވައި އިސްތިއުފާގެ ސިޓީ ރައީސް އަށް މިހާރު ވަނީ އަރުވާފައެވެ. ވެރިރަށް ބެއިރޫތްގެ ޕޯޓުގައި ހިނގި ގޮވުމުގެ ހާދިސާ އަށް ފަހު އެގައުމުގެ ހަތަރު މިނިސްޓަރަކު ވެސް މީގެ ކުރިން ވަނީ އިސްތިއުފާ ދެއްވައިފައެވެ. ލުބްނާންގެ ބޮޑު ވަޒީރު އެގައުމުގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ އެގައުމުގައި ކޮރްޕްޝަންގެ މައްސަލަތައް ގިނަ ކަމަށެވެ.

ދިއާބްގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވީ ލުބްނާނަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމި ކަމަށެވެ. ނަމަވެސް އެކަން ކުރިޔަށް ގެންދަން ބޭނުންވި ގޮތަށް ކުރިޔަށް ގެންދިޔުމަށް ސަރުކާރުގެ ބައެއް ފަރާތްތަކުން ހުރަސްތައް ކުރިމަތި ކުރުވާފައިވާ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

ދިއާބް ވިދާޅުވީ ވެރިރަށް ބެއިރޫތުގެ ޕޯޓުގައި ހިނގި ގޮވުމުގެ ހާދިސާގެ ޒިންމާ ނަގަން ޖެހޭނީ ސިޔާސީ ފަރާތްތަކުން ކަމަށެވެ. އަދި އެ ހާދިސާ ހިނގީ ސިޔާސީ ފަރާތްތަކުގެ އިހުމާލުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ދިއާބްގެ އިސްތިއުފާގެ ސިޓީ އެގައުމުގެ ރައީސް މައިކަލް އައުން މިހާރު ވަނީ ގަބޫލުކުރައްވާފައެވެ.

ލުބްނާނުގެ ރައީސް މައިކަލް އައުން ރައީސް ކަމާއި ހަވާލުވެ ވަޑައިގެންނެވިފަހުން މިހާތަނަށް ތިން ބޮޑު ވަޒީރުން ވަނީ އައްޔަން ކުރައްވާފައެވެ. މައިކަލް އައުން ރައީސް ކަމަށް އިންތިހާބުވެވަޑައިގަތީ 2016 ވަނަ އަހަރުއެވެ. ލުބުނާންގެ ސަރުކާރު އިސްތިއުފާ ދިނުމުން އެގައުމުގެ އާއްމު އިންތިޚާބު ބާއްވާނެ ދުވަހެއް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން