ނ. ކެނދިކުޅުދޫ ބަނދަރާއި ދޯނި އެހެލާ ސަރަޙައްދު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނީ މިހާރު މިމަޝްރޫޢުގެ ދަށުން އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 67 އިންސައްތަ ނިިމިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 28,393 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 30,480 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 12,968 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން ހިމެނެއެވެ.
ހަމަ މިމަޝްރޫޢުގެ ދަށުން 12,038 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަޙައްދުގެ ބޭސިން ފުންކުރުމާއި، 14,220 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަޙައްދުގެ ނެރު ފުންކުރުމާއި، 249 މީޓަރުގެ އެއްގަމުތޮށި ލުމާއި، 368 މީޓަރުގެ ބޭރުތޮށި ލުމާއި، 130 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 246 މީޓަރުގެ ގްރޮއިން ޖެހުން ހިމެނެއެވެ.
އޭގެ އިތުރުން 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 86 މީޓަރު ދިގު 1.5 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، 1,990 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި އަދި މޫރިންގ ބޯއީސް ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.
މި މަޝްރޫޢަކީ 73.16 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކިޔުންތެރިންގެ ހިޔާލު