ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު ބުނީ ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށް މި ހަފުތާގެ ބޮޑު ބައިގައި ބާރު ވަޔާއެކު ކަނޑުތައް ގަދަވާނެ ކަމަށެވެ.

އަދި މިހާރު މިކުރާ ވިއްސާރަ ހޯމަ ދުވަހުގެ ނިޔަލަށް ހުއްޓާނެ ކަމަށާއި، ނަމަވެސް ބުދަ ދުވަހުގެ ނިޔަލަށް އުތުރާއި މެދުރާއްޖެތެރޭގައި ވައިގަދަވެ، ކަނޑުތައްވެސް އާދައިގެ ވަރަަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.

އުތުރާއި މެދުރާއްޖެތެރެއަށް ވާރޭވެހޭ ވަގުތުތަކުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެދާނެ ކަމަށް ލަފާކޮށްފައިވާއިރު، ރާޅުގެ އުސްމިނުގައި ހަތަރު ފޫޓާއި ހަތް ފޫޓު ހުންނާނެ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ލަފާކުރެއެވެ.

މެޓު އޮފީހުން ބުނީ، ދެކުނުގެ އަތޮޅުތަކަށްވެސް ގުގުރުމާ އެކު ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ހުޅަނގާއި ހުޅަނގު ދެކުނުން ގަޑިއަކު 15 މޭލުގެ ބާރު މިނަށް ވައިގަދަވާނެ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް ވެސް އާދައިގެ ވަރަކަށް ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރާއިރު ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ ދެ ފޫޓާއި ހަތަރު ފޫޓާ ދެމެދުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން