ހަނިމާދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު މިއަދު ފެނިއްޖެއެވެ.

ފުލުހުން މިއަދު ބުނީ، ހދ. ހަނިމާދޫ ގެއެއްގެ ކޮޓަރިއެއް ކުއްޔަށް ނަގައިގެން އުޅޭ މީހަކު ރޭ ކޮޓަރިއަށް ވަތްގޮތަށް ޚަބަރެއްނުވާ ކަމަށް މައުލޫމާތު ލިބިގެން ފުލުހުން އެޓެންޑުވެފައިވާ ކަމަށެވެ.

އަދި ފުލުހުން އެ މީހާ ދިރިއުޅުނު ކޮޓަރިއަށް ވަތްއިރު އެ މީހާގެ ހަރަކާތެއް ނެތް ކަމަށާއި އެމީހާ އޮތީ އެނދުމަތީގައި ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

އެއީ 64 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާ އެރަށު ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ޑޮކްޓަރުންނާ ޙަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބޭގޮތުގައި ނިޔާވެފައިވަނީ ކުޅިވަރު ޢާއިލާއަށް ޚިދުމަތްކޮށްދެއްވަމުން ގެންދަވާ އަހްމަދު ޖަލީލު (ޖައްލެ) އެވެ. ޖަނާޒާ އަށް ޖައްލެގެ ހަށިގަނޑު މާލެ ގެނައުމަށް މަސައްކަތްކުރަމުން އަންނައިރު ޖައްލެ ހަނިމާދޫގައި ދިރިއުޅޭތާ 15 ވަރަކަށް އަހަރުވަނީ ވެފައެވެ. މާލެއަށް އުފަން ޖައްލެ ދަނީ ހަނިމާދޫގައި އަމިއްލަ ވިޔަފާރިއެއް ވެސް ކުރަމުންނެވެ.



ފުލުހުން ބުނެފައިވަނީ ޖައްލެގެ މަރާއި ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން