ބްރިޖް ހައިވޭގައި އިއްޔެ ހިނގި އެކްސިޑެންޓްގައި އަނިޔާވި ލަންކާމީހާ މިއަދު މަރުވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ އިއްޔެ ހެނދުނު 6:40 ހާއިރު މާލޭ ހައިވޭ އިން ހުޅުމާލެއަށް ދާ ފަޅީގައި ސައިކަލެއް ކަހާލައިގެން ވެއްޓި ފެންސްތަކުގައި ޖެހިގެން އުޅޭ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނު ކަމަށެވެ.

އެކަމާ ގުޅިގެން އެސީނަށް ފުލުހުން ޙާޟިރުވެ އަނިޔާ ލިބުނު މީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ފުލުހުން ބުނީ އެމީހާ ފަހުން ބަދަލުކޮށްފައިވަނީ އޭޑީކޭ ހޮސްޕިޓަލަށް ކަމަށާއި، އޭޑީކޭ ހޮސްޕިޓަލްގައި އެމީހާއަށް ފަރުވާދެމުން ދަނިކޮށް މިއަދު ނިޔާވެފައިވާ ކަމަށް އެހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށެވެ.

"ނިޔާވެފައިވަނީ ސްރީލަންކާ ފިރިހެނެއް." ފުލުހުން މަޢުލޫމާތުދެއެވެ.

ފުލުހުން ބުނީ މި ޙާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން