އިއްޔެ މާފުށީ ޖަލުގައި ނިޔާވި މުހައްމަދު ޖަމީލުގެ ޖަނާޒާގެ ކަންކަން ފުރިހަމަ ކުރުމަށްފަހު އޭނާގެ ހަށިގަނޑު ވަޅުލައިފިއެވެ.

ޖަމީލުގެ މަރުގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރިކަމަށް ތުހުމަތު ކުރެވޭތީ އޭނާގެ ހަށިގަނޑު ޕޯސްޓް މޯޓަމް ހެދުމަށް ސަރުކާރުން ކުރިން ނިންމިއެވެ. އެ ނިންމުމާ އެއްގޮތަށް ފުލުހުން ވަނީ ރޭ ފަތިސް ނަމާދަށްފަހު ޖަމީލުގެ ހަށިގަނޑު ބަލާ ސަހަރާއަށް ގޮސްފައެވެ.

ނަމަވެސް ޢާއިލާއިން ވަނީ ޖަމީލުގެ ހަށިގަނޑު ފުލުހުންނާ ޙަވާލު ކުރުމަށް އިންކާރުކޮށްފައެވެ. އާއިލާއިން ބޭނުންވީ ވީއެންމެ އަވަހަކަށް ޖަމީލުގެ ޖަނާޒާގެ ކަންކަން ނިންމުމަށްފަހު ހަށިގަނޑު ވަޅުލުމަށެވެ.

އެހެންކަމުން ހުޅުމާލޭ ސަހަރާއަށްް ދާޚިލީ ވަޒީރު އަލީ އިހްސާނާއި ޕޮލިސް ކަމިޝަނަރު އަލީ ސުޖާއު ވަޑައިގެން އާއިލާއާ މަޝްވަރާ ކުރެއްވުމަށްފަހު ޖަމީލުގެ ހަށިގަނޑު މިއަދު ހެނދުނު ވަނީ ވަޅުލާފައެވެ.

ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި މުޙައްމަދު ޖަމީލު ނިޔާވީ އިއްޔެއެވެ. އޭނާ ހިތް ހުއްޓިގެން ނިޔާވި ކަމަށް ޑޮކްޓަރުން ކަނޑައެޅީ އިއްޔެ 12:45 ގައި ކަމަށް ކަރެކްޝަނުން ބުނެއެވެ.

ދާޚިލީ ވަޒީރު އަލީ އިޙްސާން ވިދާޅުވެފައިވަނީ މުހައްމަދު ޖަމީލް ނިޔާވެފައިވަނީ ސަޖިދައިގައި އޮއްވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން