ގަވާއިދާއި ހިލާފަށް ރާއްޖޭގައި ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދާ ފިޔަވަޅު އެޅުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، 50 ބިދޭސީއަކު މިއަދު އިމިގްރޭޝަނާ ހަވާލުކޮށްފައިވާކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ފުލުހުން މިރޭ ބުނީ، މާލެ ތެރޭގައި ގަވާއިދާއި ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް މިއަދު ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާކަމަަށެވެ.

މި އޮޕަރޭޝަނުގައި ލޯކަލް މާރުކެޓާއި މާލެ ތެރޭގައި ހިންގާ އެކި މާރުކޭޓްތައް ބަލާ ފާސްކޮށްފައިވެއެވެ.

މި އޮޕަރޭޝަނުގައި 50 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އިމިގްރޭޝަނާއި ހަވާލުކޮށްފައިވާއިރު ސަރުކާރުންވަނީ އެފަދަ ފަރާތްތައް ޑީޕޯޓް ކޮށްލުމަށް ނިންމާފައިވާކަން މީގެކުރިން ހާމަކޮށްފައެވެ.

މާލޭގެ އެކި ފިހާރަތަކާއި މާރުކޭޓުތައް ބިދޭސީން ހިންގާކަމުގެ ޝަކުވާއަކީ އަބަދުވެސް ލިބޭ ޝަކުވާއެކެވެ. އަދި އެފަދަ ފަރާތްތަކުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދައި އެ ފައިސާ ރާއްޖެއިން ބޭރަށް ފޮނުވާ މައްސަލަ ހައްލު ކުރުމަށް ވެސް ސަރުކާރުން ދަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން