ރާއްޖޭގެ އިގްތިސޯދީ ހާލު ރަނގަޅު ކުރުމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު އަޅުއްވަން ފެއްޓެވި ފިޔަވަޅުތަކަށް ރައްޔިތުން އެހީވުން މުހިންމު ކަމަށް އިސްލާމިކް މިނިސްޓަރ، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެއެވެ.

ޚަރަދު ކުޑަކުރަން ރައީސް އެޅުއްވި ފިޔަވަޅުތަކާއި ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ، މި ސަރުކާރު ފެށުނުއިރު، ރާއްޖެ އޮތީ އިގްތިސޯދީ ގޮތުން ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށެވެ.



އަދި ގައުމު ސަލާމަތުން މިހާ ހިސާބަށް އާދެވުނީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ހިކުމަތްތެރި ފިޔަވަޅުތަކުގެ ސަބަބުން ކަަމަށް ޝަހީމް ވިދާޅުވިއެވެ. މިނިސްޓަރު ޝަހީމް ވަނީ ރާއްޖޭގެ އެތެރެއާއި ބޭރުގެ ދަރަންޏަށް އެތައް މިލިއަން ރުފިޔާ އެއް ސަރުކާރުން ދައްކާފައިވާ ކަން ފާހަގަކުރައްވާފައެވެ.

"ރައީސްގެ ފިޔަވަޅުތަކަށް ރައްޔިތުން އެހީވުން މުހިންމު،" ޚަރަދުކުޑަކުރަން ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެން ޝަހީމް ވިދާޅުވިއެވެ.

ރައީސް ވަނީ ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުއްވުމަށް ނިއްމަވާފައެވެ. މީގެ ތެރޭގައި، ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ޙަަފްލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން