ސޯޝަލް މީޑިއާގައި މިފަހުން އިސްލާމްދީނަށް ފުރައްސާރަކޮށް އުޅުނު މީހަކު ބޭނުންކޮށްފައި ވަނީ އެމްއެންޑީއެފް މާލެ އޭރިޔާގެ ކުރީގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ) ގެ އެޑިޓްކޮށްފައިވާ ފޮޓޯއެއްކަން ހާމަވެއްޖެ އެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން ފުލުހުން ބުނީ، އިސްލާމް ދީނަށް ފުރައްސާރަކޮށް އައިޝަތު ނަޒްހާ ކިޔާ މީހަކު 'އެކްސް'ގައި އާންމުކޮށްފައިވާ ޕޯސްޓެއް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އަދި އެ ޕޯސްޓާއި ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ބައިނަލްއަޤުވާމީ ޔޯގާ ދުވަހާ ގުޅުވައިގެން މީސްމީޑިއާގައި ކުރަމުންދާ ބަހުސާ ގުޅޭ ގޮތުން އަންހެނެއްގެ ނަމުގައި ކޮށްފައިވާ އެ ޕޯސްޓުގައި ވަނީ، ތޮވާފު ކުރުމުގެ ތެރޭ މުސްލިމުން ހަޖަރުލް އަސްވަދުގައި ބޮސްދޭ ދިނުމަށް ފާޑުކިޔާފައެވެ.

ނަމަވެސް ފަހުން އެނގުނު ގޮތުގައި ނަޒްހާއޭ ކިޔަައިގެން އުޅުނު މީހަކީ ފޭކު މީހެކެވެ. އަދި އޭނާ ބޭނުންކޮށްފައިވާ ފޮޓޯއަކީ އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ) ގެ ފޮޓޯއެއް އެޑިޓްކޮށް އަންހެނެއްގެ ސިފައަށް ބަދަލުކޮށްގެން ހަދާފައިވާ ފޮޓޯއެކެވެ.

ނަޒްހާގެ ނަމުގައި ޓުވިޓާގައި ދީނަށް ފުރައްސާރަކުރި މީހާގެ މައްސަލައާ ގުޅޭ އަޕްޑޭޓެއް ފުލުހުންގެ ފަރާތުން ނުލިބުނެވެ.

އެ މައްސަލަ ފުލުހުން ބަލަން ފެށި ފަހުން ނަޒްހާގެ އެކައުންޓް އެކްސްއިން ވަނީ ގެއްލިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން