މި ސަރުކާރުގެ ސިޔާސީ މަގާމުތައް 700 އަށް ވުރެ މަތި ނުވާނެ ކަމަށް ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝުޖާއު ވަނީ ނިމިގެން ދިޔަ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

އެގޮތުން ނިމިގެން ދިޔަ ސަރުކާރުގައި ބޮޑެތި ލޯނުތައް ނެގިކަން ފާހަގަކުރައްވައި ޝުޖާއު ވިދާޅުވީ އެހާ ބޮޑެތި ލޯނުތައް ނަގައިގެން ކުރި މާބޮޑު ކަމެއް ފެންނަން ނެތް ކަމަށެވެ.

އެހެން ނަމަވެސް ކުރިން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބޮޑެތި ލޯނުތައް ނަގައިގެން ހޮސްޕިޓަލާއި ބުރިޖު އަދި އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތްތައް ކޮށްފައިވާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ޝުޖާއުގެ ވާހަކައިގައި ވަނީ މި ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ވެސް އަަލިއަޅުއްވާލައްވައިފަ އެވެ.

އެގޮތުން ސިޔާސީ މަގާމުތައް 700 އަށް ވުރެ ގިނަ ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަތްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"[ސިޔާސީ މަގާމުތައް 700 އިން މައްޗަށް] އަރުވާފަ ނޯންނާނެ. 700 އަށް ވުރެއް މަދުވާނެ، އެއަށްވުރެވެސް މަދުކުރެވޭތޯ މިއުޅެނީ." ޝުޖާއު ވިދާޅުވިއެވެ.

ސިޔާސީ މަގާމުތަކުގެ ޖުމްލަ އަދަދެއް ސަރުކާރުން ހާމައެއް ނުކުރެއެވެ. ދާދި ފަހުން މާލިއްޔަތު ކޮމިޓީގައި ވެސް އެ އަދަދާ ގުޅޭ ގޮތުން ސުވާލުކުރުމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އޭގެ އަދަދެެއް ހާމައެއް ނުކުރައްވަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން