ދަރިންނާއި ބެލެނިވެރިންނާ ދެމެދު އޮންނަ އިތުބާރު އިތުރު ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޔުނިސެފްުން ކަނޑައަޅާފައިވާ ގްލޯބަލް ޕޭރަންޓިންގ މަންތުގައި ބެލެނިވެރިކަމުގެ ހާއްސަކަމާއި ގުޅޭ ގޮތުން ހިއްސާކުރެއްވި ވީޑިއޯގައި ސާޖިދާ އިތުރަށް ވިދާޅުވީ ދަރިން ޒިންމާދާރުކޮށް ތަރުބިއްޔަތު ކުރުމަކީ ވަރަށް މުހިންމު ޒިންމާއެއް ކަމަށެވެ. އަދި އެކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށް ގުޅުން ބަދަހިކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ.

"އެ ގުޅުން ބަދަހިކުރުމަށްޓަކައި ތަފާތު އުމުރުގެ ކުދިންނާއި އެއްކޮށް އެކި ގޮތްގޮތަށް މި ގުޅުން ބަދަހިކުރަން މިޖެހެނީ. އެގޮތުން ވަކިން ހާއްސަކޮށް ކުޑަކުދިންނާއި އެކީ ގުޅުން ބަދަހިކުރާނަމަ އެކުއްޖާއާއި އެކީ އެކުއްޖާގެ ލެވެލްގެ އެކްޓިވިޓީތަކުގައި އަޅުގަނޑުމެން އެބަޖެހޭ ބައިވެރިވާން." ސާޖިދާ ވިދާޅުވިއެވެ.

ހަމަ އެގޮތަށް ފުރާވަރުގެ ކުދިން ގެންގުޅުމުގައި އެކުއްޖާއަކީ މައިންބަފައިންގެ ގާތް ރަހުމަތްތެރިއެއްގެ ގޮތުގައި ގެންގުޅެން ޖެހޭ ކަމަށް ސާޖިދާ ވިދާޅުވިއެވެ. މިގޮތަށް އަމަލުނުކުރާނަމަ މައިންބަފައިންނާއި މެދު ކުދިންގެ އިތުބާރު އުފެދިގެން ނުދާނެ ކަމަށްވެސް ސާޖިދާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން