މި ދުވަސްވަރު ގައިގަންގަޔަށްއަރާ ބަލިތައް ފެތުރުން ވަރަށް ބޮޑަށް އިތުރުވެފައިވާތީ، ހައްޖުގެ އަޅުކަމަށްފަހު ރާއްޖެ އަންނަ ދިވެހީން ބަލައި އާއިލާގެ މީހުން އެއަރޕޯޓަށް ދާއިރު ވީހާވެސް މަދު ބަޔަކު ދިޔުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ވަނީ އެއާޕޯޓް، ޓެކްސީ، ބަސް އަދި ފެރީ ތެރޭގައި ވެސް ހުރިހާ އެންމެން ވެސް މާސްކު އެޅުމަށާއި ރޯގާޖެހި، ހުންއައިސް، ކެއްސާ އަދި ކިނބިހި އަޅާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އިލްތިމާސްކޮށްފައެވެ. އަދި އެފަދަ އަލާމާތެއް ހުއްޓާ މީހުން އެއްވެ އުޅޭ ތަނަކަށް ކޮންމެހެން ދާން ޖެހިއްޖެ ހާލަތެއްގައި މާސްކު އެޅުމަށް އެޗްޕީއޭއިން ވަނީ އިރުޝާދުދީފައެވެ.

އޭގެ އިތުރުން ރޯގާގެ އަލާމާތެއް ހުރެއްޖެނަމަ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި އެހެނިހެން ހައި ރިސްކް ފަރާތްތަކާ ގައިދުރުކުރުމަށާއި ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ހައްޖުގެ އަޅުކަމަށްފަހު އެނބުރި އަންނަ ދުވަސްވަރު ގައިންގަޔަށް އަރާ ރޯގާތައް ފެތުރުމަކީ އާންމު ކަމެކެވެ. މީގެއިތުރުން މިދުވަސްވަރަކީ މާލޭގައި ގައިންގަޔަށް އަރާ ތަފާތު ބަލިތައް ވަރަށް ހަލުއިކަމާއެކު ފެތުރެމުންދާ ދުވަސްވަރެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން