އަމިއްލަ ބޭނުމަށް ގެންނަ ތަކެތީގެ ތެރެއިން ވެސް ބައެއް ބާވަތްތަކުން ޑިއުޓީ ނަގަން ފަށަން ރާއްޖޭގެ ކަސްޓަމުން ނިންމައިފި އެވެ.

ކަސްޓަމުން އަންނަ އޮގަސްޓު މަހުން ފެށިގެން އަމަލުކުރަން ފަށާ ގަވައިދުގެ ދަށުން އަމިއްލަ ފަރާތްތަކުން ކުދިކުދި ބޭނުމަށް ގެންނަ ތަކެތީގެ ތެރެއިން ޑިއުޓީ މާފުކޮށްދޭނީ 10،000 ރުފިޔާގެ މުދަލަށެވެ. އަދި އެއަށް ވުރެ އިތުރުވާ މުދަލުގެ އަގަށް ޑިއުޓީ ދައްކަން ޖެހޭނެ އެވެ.

ނަމަވެސް ބިދޭސީން ގެންނަ އެފަދަ ތަކެތިން ޑިއުޓީ ނަގާނެ އެވެ.

ޑިއުޓީ އިސްތިސްނާވާ ގޮތަށް ދިހަ ހާސް ރުފިޔާގެ އެލަވަންސެއް ލިބުނު ނަމަވެސް ރާއްޖެއިން ބޭރުން ކިތަންމެ މަދުން އެތެރެ ކުރިޔަސް ޑިއުޓީ ނަގާނެ ބާވަތްތަކެއް ވެސް ވަނީ ކަނޑައަޅާފައެވެ.

އޭގެ ތެރޭގައި ދުންފަތާއި ޝީޝާ ފަދަ ބާވަތްތަކާއި ސިންގަލް ޔޫސް ޕްލާސްޓިކް، އެނޭޖީ ޑްރިންކް، މޮޓޯ ސައިކަލް، އެއްގަމާއި ކަނޑު އުޅަނދުގެ ސްޕެއާ ޕާޓްސް ހިމެނެ އެވެ.

ހަމަ އެހެންމެ މުދަލުގެ އަދަދާއި އަދި ގެންނަ ނިސްބަތަށް ބާލާއިރު އެއީ ވިޔަފާރި މުދާ ކަމަށް ކަސްޓަމްސްއަށް ބެލެވޭނަމަ އެ ތަކެތިން ޑިއުޓީ ނެގެނޭ ކަމަށް ވެސް ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން