އައްޑޫ ސިޓީގައި މާރާމާރީއެއް ހިންގައިފި އެވެ.

ފުލުހުން ބުނީ މަރަދޫގައި ހިންގި އެ މާރާމާރީ ރިޕޯޓްކޮށްފައި ވަނީ ރޭ 10:30 ގައި ކަމަށެވެ. އަދި އެ މާރާމާރީގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ނަމަވެސް އޭގެ ތަފްސީލެއް ފުލުހުން ނުދެއެވެ. އަދި ލިބުނީ ކޮންކަހަލަ އަނިޔާއެއް ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.

ފަހުން އެ ދެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން