ގާބުރިއަކުން އަންހެނެއްގެ ބޮލުގައި ޖެހި މީހާގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

ގއ. ވިލިނގިލިގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖަހައި މާރާމާރީ ހިންގީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.

އަދި އެ މައްސަލައިގައި 32 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނީ އެ މީހާގެ ބަންދަށް ހަތް ދުވަސް ޖަހައިދީފައިވާ ކަމަށެވެ.

އެ މާރާމާރީގައި އަނިިޔާވި 46 އަހަރުގެ އަންހެން މީހާއަށް ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލާފައެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން