ސްރީލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ހައިކޮމިޝަނަރ ރަންގަ ސަންޖީވާ ގޫނަވަރްދެނާ، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށް އަރުވަނީ.
ސްރީލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ހައިކޮމިޝަނަރ ރަންގަ ސަންޖީވާ ގޫނަވަރްދެނާ، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށް އަރުވަނީ.
6 ގައުމެއްގެ ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށް އަރުވައިފިއެވެ.

މިއަދު ސަފީރުކަމުގެ ފަތްކޮޅު އެރުވީ ސްރީލަންކާ، ނޭޕާލް، އެރިޓްރިއަރ، ފިލިޕީންސް، އިޓަލީ އަދި ކޮލަމްބިއާގެ ސަފީރުންނެވެ.

އެގޮތުން މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ހާއްސަ ވަކި ވަކި ރަސްމިއްޔާތުތަކެއްގައި، ސްރީލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ހައިކޮމިޝަނަރ ރަންގަ ސަންޖީވާ ގޫނަވަރްދެނާ، ނޭޕާލުން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ އެމްބެސެޑަރ ބަޝޫ ދޭވް މިޝްރާ، އެރިޓްރިއަރ އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ އެމްބެސެޑަރ އަލެމް ސެހާޔޭ ވޮލްޑެމާރިއަމް، އަދި ފިލިޕީންސުން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ އެމްބެސެޑަރ ލިއޯ ޓީޓޯ ވަނީ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށް އަރުވައިފައެވެ.

މީގެއިތުރުން، އިޓަލީއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ އެމްބެސެޑަރ ޑަމިއާނޯ ފްރޭންކޮވިހް އަދި ކޮލަމްބިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ އެމްބެސެޑަރ ޑރ. ވިކްޓަރ ވެސް ވަނީ މިއަދު ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށް އަރުވައިފައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތައްފަހު، ކޮންމެ ސަފީރަކުވެސް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ބައްދަލުކުރައްވައި، ދިވެހިރާއްޖެއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމާމެދު މަޝްވަރާ ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން