ރާއްޖޭގައި ތައުލީމު ލިބެންޖެހޭ ކުޑަކުދިންގެ މައުލޫމާތު ކަށަވަރުކުރަން އެޑިއުކޭޝަން މިނިސްޓްރީއާއި ޑިޕާޓްމަންޓް އޮފް ނެޝެނަް ރެޖިސްޓްރޭޝަންއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމެއްގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު ހައްމަދުއެވެ. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން ސޮއި ކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ޢަލީ އެވެ.

މި އެއްބަސްވުމުގެ މަގުސަދަކީ ތައުލީމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކުޑަކުއްޖެއްގެ ޢުމުރުން ހަތަރު އަހަރު ފުރުނީއްސުރެ، ޢުމުރުން 18 އަހަރު ފުރެންދެން ނުވަތަ ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 (ބާރަ) ނިމެންދެން ތަޢުލީމު ލިބުމުގެ ޙައްޤު ކަށަވަރު ކޮށްދިނުމަށްޓަކައި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން ބޭނުންވާ މަޢުލޫމާތު ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމާއި އަދި އެ އިންތިޒާމްތައް ހަމަޖެއްސުމުގައި ދެ އިދާރާގެ ޒިންމާތައް ކަނޑައެޅުން ކަމަށް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގައި ކޮންމެ ކުޑަކުއްޖަކުވެސް ސްކޫލަށް ފޮނުވުމަކީ ގާނޫނީ ގޮތުން ބެލެނިވެރިންނަށް ވާޖިބު ކަމެކެވެ. އަދި ދަރިން ހޯމް ސްކޫލް ކުރުމަކީ ގާނޫނީ ގޮތުން ކުށެކެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން