އައްޑޫގައި މަސްވެރިން ކުރި މުޒަހާރާތަކާ ގުޅިގެން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) އަށް ލިބުނު ގެއްލުންތައް ބަލަން އެސެސްމަންޓެއް ހަދަން ނިންމައިފި އެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހުން ފެށިގެން މަސްވެރިންނަށް ފައިސާ ނުލިބޭތީ ކަމަށްބުނެ އޭއެފްސީ ސަރަހައްދުގައި 15 ވަރަކަށް މަސް ދޯންޏަށް ނިސްބަތްވާ މަސްވެރިން ކުރި މުޒާހަރާއާ ގުޅިގެން އޭއެފްސީގައި މަސައްކަތް ކުރާ 125 އެއްހާ މުވައްޒަފުންގެ ވަޒީފާގެ މާހައުލު ގެއްލި، އިންސާނީ ޒަރޫރީ ބޭނުންތަކުގެ ތެރޭގައި ހިމެނޭ ކެއިން ބުއިމާއި، ގަޟާ ހާޖާ ކުރުމާއި، ނިދުން ފަދަ އެތަކެއް އަސާސީ ހައްގުތައް ހަނިވެގެންދިޔަ ކަމަށް މިފްކޯއިން ބުނެއެވެ.

ހަމަ އެހެންމެ މުޒާހަރާގެ ބައިވެރިންގެ ބިރު ދެއްކުމުގެ ތެރެއިން ކުންފުންޏަށް ޖެހުނީ ހުރިހާ މުވައްޒަފުން ވަގުތީ އެކޮމޮޑޭޝަނަކަށް ބަދަލުކޮށް، ނިދުމާއި، ފާހާނާ ކުރުމާއި، ކެއިން ބުއިމާއި އެނޫންވެސް ޒަރޫރީ ކަންކަން ހަމަޖައްސަންކަމަށް ވެސް މިފްކޯއިން ބުނެއެވެ.

މިފްކޯއިން ބުނީ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އޭއެފްސީ "ފުލް ޝަޓްޑައުން" އަކަށް ގެންދިޔުމަށްފަހު، މުވައްޒަފުން އެހެން ތަނަކަށް ބަދަލު ކުރުމުގެ މަރުހަލާގެ ތެރެއިން މުޒާހަރާގެ ބައިވެރިން މުވައްޒަފުންގެ މެސް ރޫމުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ، ކައިބޮއި ވެސް ހެދި ކަމަށެވެ.

ބިރު ދެއްކުންތަކާއެކު ސީނިއާ މުވައްޒަފުންނަށް ފުލުހުންގެ ހިމާޔަތް ހޯދާން ޖެހި އޭފްސީގެ މުވައްޒަފަކަށްވެސް އަނިޔާވި ކަމަށް މިފްކޯއިން ބުނެއެވެ.

މިފްކޯއިން ވަނީ އެ ހާސްކަމާއި ބިރުވެރި ވަގުތު ތަކުގައި އޭއެފްސީގެ މުވައްޒަފުން ދެއްކި ނަމޫނާއާއި ހިތްވަރަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ.

"ހާސްކަމާއި، ބިރުވެރިކަމުގެ ތެރޭގައި އަމިއްލަ މަސްލަހަތަށްވުރެ މުޅި ކުންފުންޏާއި، ކުންފުނީގެ މުދަލާއި މުވައްޒަފުންގެ މަސްލަހަތު އިސްކޮށް، އަމިއްލަ އިސް ނެގުމަށް، އިސްވެ ހާލަތު ބުނެދިނުމާއި، މުޒާހަރާގެ ބައިވެރިންނާއި މުއާމަލާތް ކުރުމާއި، ފެސިލިޓީ ބެލެހެއްޓުމާއި، މެނޭޖުމެންޓާއި ގުޅިގެން މުޅި ހާލަތު މެނޭޖުކުރުމުގައި އޭއެފްސީގެ މުވައްޒަފުންގެ ފަރާތުން ފެނުނީ އާދަޔާ ހިލާފް ހިތްވަރެކެވެ. ހާއްސަކޮށް ފުލުހުންނާއި މުއާމަލާތް ކޮށްގެން ހާލަތު އިތުރަށް ގޯސްވިޔަނުދީ ހިފެހެއްޓުނީވެސް އެ މުވައްޒަފުންގެ މިންނެތް މަސައްކަތުންނެވެ." މިފްކޯއިން ބުންޏެވެ.

މުޒާހަރާ އިއްޔެ ނިންމާލައިފައިވާ އިރު ފާއިތުވި 10 ދުވަހުގެ މުޒާހަރާ އާއި ގުޅިގެން އޭއެފްސީ އަށާއި، ކުންފުންޏަށް ލިބުނު ގެއްލުން ދެނެގަތުމަށް އެސެސްމެންޓެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމުގެ ތަފްސީލް ރިޕޯޓު ނިމުނުހާ އަވަހަކަށް ހާމަކުރާނެ ކަމަށް މިފްކޯއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން